އެމެރިކާގެ ކެލިފޯނިއާގެ ސޭން ޑިއޭގޯ އާއި އެ ސަރަހައްދަށް ބިންހެލުމެއް އައިސްފިއެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި މި ބިންހެލުން އައީ ރިކްޓަރ ސްކޭލްގައި 5.2 ގެ ބާރުމިނުގައެވެ.
މި ބިންހެލުން އައީ ހޯމަ ދުވަހުގެ މެންދުރުފަހު ކެލިފޯނިއާގެ ޖޫލިއަން ސަރަހައްދުންނެވެ. ބިންހެލުމާ ގުޅިގެން ގަވަރނަރ ގެވިން ނިއުސަމްގެ އޮފީހުން ވަނީ އެކްސް ގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި ވަނީ ގަވަރނަރަށް މި ހާދިސާއާ ގުޅޭ މަޢުލޫމާތު ދެވިފައިވާ ކަމަށާއި، ސަރުކާރުން ވަނީ ލޯކަލް އޮތޯރިޓީތަކާ ގުޅިގެން ގެއްލުންތައް ދެނެގަތުމަށާއި ކުއްލި އެހީތެރިކަން ބޭނުންވޭތޯ ބެލުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
ބިންހެލުމާ ގުޅިގެން ލޮސް އެންޖެލެސް ހިސާބަށް ވެސް ކުއްލި ނުރައްކަލުގެ އިންޒާރު ދެވި، ރައްޔިތުން ރައްކާތެރި ތަންތަނަށް ދިއުމަށް އަންގާފައިވެއެވެ.
ބިންހެލުމުގެ މަރުކަޒު ކަމަށްވާ ޖޫލިއަންއަކީ ރަން ހޯދުމުގެ ތާރީޚެއް އޮތް ފަތުރުވެރިކަމުގެ ރަށެކެވެ. މި ރަށް އޮންނަނީ ކުޔަމަކާ ފަރުބަދަތަކުގައި ސޭން ޑިއޭގޯއިން އެއް ގަޑިއިރު އުތުރު އިރުމަތީގައެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި މައި ބިންހެލުމަށްފަހު ކުދި ބިންހެލުންތައް އެ ސަރަހައްދުގައި އަންނަމުންދާ ކަމަށް ރިޕޯޓު ކުރެވެމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!