ރަޝިޔާގެ ހަމަލާއެއްގައި ޔުކްރެއިންގެ 34 މީހުން މަރުވެއްޖެ
ރަޝިޔާއިން ޔުކްރެއިންގެ އިރުމަތީ އުތުރުގައި އޮންނަ ސުމީ ސިޓީއަށް ދިން ބެލިސްޓިކް މިސައިލް ހަމަލާއެއްގައި މަދުވެގެން 34 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ. ޔުކްރެއިންގެ އޮފިޝަލުން ބުނާ ގޮތުގައި، އާދިއްތަ ދުވަހު ހެނދުނު 10:15 ގައި ދެ މިސައިލެއް ސިޓީގެ މެދުތެރެއަށް ވަނީ އަރާފައެވެ. އެ ވަގުތަކީ ކްރިސްޓިއަން ދީނުގެ ހޯލީ ވީކްގެ ފުރަތަމަ ދުވަސް ކަމަށްވާ ޕާމް ސަންޑޭ ފާހަގަ ކުރުމަށް ގިނަ ބަޔަކު އެއްވެފައިވާ ވަގުތެކެވެ. […]