ސާބިއާގެ ޕާލަމެންޓުން އިތުބާރުގެ ވޯޓެއް ނަގައި، އެ ގައުމުގެ އާ ބޮޑުވަޒީރަކަށް ޖުރޯ މަކުޓް އައްޔަންކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވުނު ޕާލަމެންޓުގެ ޖަލްސާގައި މަކުޓާ އެއްކޮޅަށް 153 މެންބަރުން ވޯޓު ދެއްވާފައިވާއިރު، އިދިކޮޅު ފަރާތްތަކުން 46 މެންބަރުން ވަނީ އިދިކޮޅަށް ވޯޓު ދެއްވާފައެވެ. މަކުޓަކީ ޕީ.އެޗް.ޑީ ހާސިލްކޮށްފައިވާ އެކަޑަމިކް ފަންނުވެރިއެކެވެ.

Ad
rt

އާ ބޮޑުވަޒީރު އައްޔަންކުރުމަށް ޕާލަމެންޓުގެ ޖަލްސާ ބޭއްވުނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހިނގި ނުރައްކާތެރި ރޭލްވޭ ސްޓޭޝަން ހާދިސާއާ ގުޅިގެން ދަރިވަރުން ނުކުމެ އިހުތިޖާޖު ކުރުމާ ގުޅިގެން ކުރީގެ ސަރުކާރު ވެއްޓުމަށްފަހުގައެވެ.

ސާބިއާގެ ރައީސް އަލެކްސަންޑަރ ވުސިކްގެ އިރުޝާދުގެ ދަށުން މަކުޓް ވަނީ އާ ސަރުކާރެއް އެކުލަވާލާފައެވެ. އޭގެ ތެރޭގައި 30 މިނިސްޓަރުން ހިމެނޭއިރު، އޭގެ ތެރެއިން 8 މިނިސްޓަރުންނަކީ އަލަށް އައްޔަންކުރެވުނު ބޭފުޅުންނެވެ.

އިތުބާރުގެ ވޯޓަށްފަހު ޕާލަމެންޓުގައި ދެއްކެވި ވާހަކަފުޅުގައި މަކުޓް ވިދާޅުވީ ސާބިއާއިން ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށް ވުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، ކޮސޮވޯގެ މައްސަލައާ ގުޅޭގޮތުން "ހުޅުވާލެވިފައިވާ އަދި ބާރުއެޅުމެއް ނެތް" މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.