އެތައް ބަޔަކު ދަތުރަށް ފުރުމުގެ ކުރިން، އެމީހުންގެ ބޯޑިންގ ޕާސް ސޯޝަލް މީޑިއާގައި ޝެއަރ ކުރުމަކީ މިހާރު އާންމު ކަމަކަށްވެފައިވެއެވެ. އެހެންނަމަވެސް، މިފަދަ ޝެއަރ ކުރުންތަކަކީ، މީހުންގެ އަމިއްލަ މައުލޫމާތުތައް ހާމަވެ، ގިނަގުނަ ނުރައްކާތެރިކަން ކުރިމަތިވެދާނެ ކަމެކެވެ. ބޯޑިންގ ޕާސްގައި ހިމެނޭ މައުލޫމާތަކީ ހަމައެކަނި އެއަރޕޯޓް މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތު ކަމަށް ގިނަ ބަޔަކު ދުށް ނަމަވެސް، މިއީ ނުބައި ނިޔަތުގައި މީހަކަށް ބޭނުންކުރެވިދާނެ މައުލޫމާތެވެ.

ޕީއެންއާރް (PNR) އަކީ ކޮބާ؟

Ad
rt

ޕެސެންޖަރ ނޭމް ރެކޯޑް ނުވަތަ ޕީއެންއާރް އަކީ ކޮންމެ ޓިކެޓެއްގައިވެސް ހިމެނޭ ޚާއްޞަ ކޯޑެކެވެ. މި ކޯޑު މެދުވެރިކޮށް ކޮންމެ ބުކިންގއެއްގައި ހިމެނޭ ފަސިންޖަރުންގެ މައުލޫމާތު ދެނެގަނެވެއެވެ. ބޯޑިންގ ޕާސްގައި ސީދާ މި ކޯޑު ފެންނަން ނެތްކަމުގައިވިޔަސް، ބާކޯޑުން މި މައުލޫމާތު ހޯދުމަކީ ފަސޭހަކަމެކެވެ.

ޕީއެންއާރް ގައި ހިމެނޭނީ ކޮން މައުލޫމާތެއް؟

ޕީއެންއާރްގައި އާންމުކޮށް ހިމެނެނީ:
- ފަސިންޖަރުންގެ ނަން
- ޓިކެޓް ބުކްކުރި ފަރާތުގެ ގުޅޭނެ މައުލޫމާތު
- ޓިކެޓް ނަންބަރު
- ދަތުރުގެ މައުލޫމާތު (ފުރާތަނާއި، ދާތަން، ތާރީޚް އަދި ގަޑި)
- ޕޭމަންޓް މައުލޫމާތު (ކްރެޑިޓް ކާޑު ނަންބަރު ފަދަ)
- ބައެއްފަހަރު: ފޯނު ނަންބަރު، ހުންނާނެ ތަނުގެ މައުލޫމާތު، އުފަން ތާރީޚް އަދި ޕާސްޕޯޓް މައުލޫމާތު

ބޯޑިންގ ޕާސް އޮންލައިންކޮށް ޝެއަރ ކުރުމުން ދިމާވެދާނެ 7 ނުރައްކާ

1. ގެއަށް ވަގަށްވަދެދާނެ
ދަތުރަށް ފުރާ ތާރީޚާއި އެނބުރި އަންނަ ތާރީޚް އެނގުމަކީ ވަގުންނަށް ވަރަށް މުހިންމު މައުލޫމާތެކެވެ. ގޭގައި މީހަކު ނުހުންނާނެކަން އެނގޭނަމަ، ވަގަށް ވަދެ ނުވަތަ ތިމާ ދުއްވާ ކާރު ނުވަތަ ސައިކަލް ވަގަށް ނެގުމަށް ފަސޭހަވެގެންދެއެވެ.

2. ވައިގެދަތުރުގެ ގޮނޑި ބަދަލުކޮށްލެވިދާނެ
ޕީއެންއާރް ބޭނުންކޮށްގެން، އެހެން މީހަކަށް ފަސޭހައިން ދަތުރުވެރިޔާގެ ގޮނޑީގެ މައުލޫމާތު ބަދަލުކުރެވިދާނެއެވެ. ޚާއްޞަކޮށް ޢާއިލާއާއެކު ދަތުރުކުރާނަމަ، ޢާއިލާގެ މެންބަރުން ތަފާތު ތަންތަނުގައި ވަކިން އިށީންނަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

3. ދަތުރު ކެންސަލްކޮށްލެވިދާނެ
ޕީއެންއާރް އެނގޭ މީހަކަށް، އެއަރލައިންއަށް ގުޅައި، އަމިއްލަ މައުލޫމާތު ޔަގީންކޮށްދީ، ޓިކެޓް ކެންސަލްކޮށްލެވިދާނެއެވެ. މިހެންވެއްޖެނަމަ، ދަތުރުވެރިޔާއަށް އެއަރޕޯޓަށް ދިޔުމުން، ލިސްޓުގައި ނެތްކަން އެނގި، ވަރަށް އުނދަގޫ ހާލަތަކާ ކުރިމަތިލާންޖެހިދާނެއެވެ.

4. ދަތުރުގެ ތާރީޚް ބަދަލުކޮށްލެވިދާނެ
ޕީއެންއާރް މެދުވެރިކޮށް، ދަތުރުވެރިޔާގެ އެނބުރި އައުމުގެ ތާރީޚް ބަދަލުކުރެވިދާނެއެވެ. މިހެންވެއްޖެނަމަ، އެއަރޕޯޓަށް ދާއިރު، ފްލައިޓް އޮންނަ ތާރީޚް އޮޅި، ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެއެވެ. ދަތުރުގެ ބަދަލުތަކަށް ފީއެއް ނަގާނަމަ، މި ފީއަށްވެސް ދަތުރުވެރިޔާއަށް ޒިންމާވާން ޖެހިދާނެއެވެ.

5. އަމިއްލަ ސިއްރުތައް ހާމަވެދާނެ
ދަތުރުގެ މަގުސަދާއި، އެހެން ފަސިންޖަރުންގެ މައުލޫމާތު ޕީއެންއާރް އިން އެނގޭނެއެވެ. މިސާލަކަށް، މީހަކު ވިޔަފާރީގެ ދަތުރެއްކަމަށް ބުނެ، އެހެން މީހަކާއެކު ޕްރައިވެޓް ދަތުރަކަށް ދާނަމަ، މިފަދަ ސިއްރުތައް ޕީއެންއާރް އިން ހާމަވެދާނެއެވެ.

6. ފްރިކުއެންޓް ފްލަޔަރ މައިލްސް ގެއްލިދާނެ
ޕީއެންއާރްގައި ފްރިކުއެންޓް ފްލަޔަރ ނަންބަރު ހިމެނޭނަމަ، އެހެން މީހަކަށް އެ އެކައުންޓަށް ވަދެ، މައިލްސް ބޭނުންކޮށް ސޯޝަލް އިންޖިނިއަރިންގ އާއެކު، މިފަދަ މައުލޫމާތު ފަސޭހައިން ހޯދައި، ބޭނުންކުރެވިދާނެއެވެ. ނުވަތަ ވަގަށް ނެގިދާނެއެވެ.

7. މެސެޖާއި ފައިސާ ގެއްލިދާނެ
ޕީއެންއާރްގައި މޯބައިލް ފޯނު ނަންބަރު ހިމެނޭނަމަ، ސިމްކާޑު ޑުޕްލިކޭޓްކޮށް، ޓޫ-ފެކްޓަރ އޮތެންޓިކޭޝަން މެސެޖުތައް ގެނެސް، އީމެއިލް، ސޯޝަލް މީޑިއާ އަދި ބޭންކް އެކައުންޓްތަކަށް ވަދެ، ނުވަތަ ހެކްކޮށް ފައިސާ ނެގިދާނެއެވެ.

ބޯޑިންގ ޕާސް އަކީ ދަތުރުވެރިޔާގެ އަމިއްލަ އަދި ނާޒުކު މައުލޫމާތު ހިމެނޭ ލިޔުމެކެވެ. ހަމައެކަނި ދަތުރުކުރާތީ ފަޚުރުވެރިވުމުގެ ބަދަލުގައި، އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަމަށް އިސްކަންދިނުން މުހިންމެވެ. ބޯޑިންގ ޕާސް، އީމެއިލުން ލިބޭ ކޮންފަރމޭޝަން ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް ލިބޭ ސްކްރީންޝޮޓް ފަދަ ތަކެތި އޮންލައިންކޮށް ޝެއަރކުރުމުގެ ކުރިން، އޭގެ ނުރައްކާތެރިކަމާމެދު ވިސްނަންޖެހެއެވެ.

ދަތުރަށް ފުރާއިރު، އުފާވެރިކަން ހިއްސާކުރެވޭނެ އެހެން ގޮތްތައް ވެސް އެބަހުއްޓެވެ. މިސާލަކަށް، ދަތުރުގެ ފޮޓޯއެއް ނަގައި، ބޯޑިންގ ޕާސްގެ މުހިންމު މައުލޫމާތުތައް ނުފެންނަ ގޮތަށް ޝެއަރކުރެވިދާނެއެވެ. ނުވަތަ ހަމައެކަނި މަންޒިލުގެ ނަން ބުނެލުމަކުންވެސް، އެހެން މީހުންނަށް އުފާވެރިކަން ހިއްސާކުރެވޭނެއެވެ.