ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ. (32)
ކުރީގެ އަދަދާއި ގުޅޭ: “ހިނގާ. ހިނގާ އެ ކޮޅަށް ކޮފީއަކަށް. ” ސާމިހް އަވަސް އަވަހަށް ބުނެލިއެވެ. އަފްޒާ ވެސް އެ ކަމަކަށް އެއްބަސްވެ، ސާމިހްގެ ފަހަތުން ހިނގައިގަތެވެ. ވެއިޓަރ އައިސް މޭޒުމަތީގައި ދެ ކޮފީތަށި ބެހެއްޓުމާއެކު އަފްޒާ ހީލިއެވެ. ” ހޫމް. ކޮން ވާހަކައެއް ދައްކަންތަ؟” ސާމިހް ހުރީ އަޑު އަހާހިތުން ކެތްމަދުވެފައެވެ. ” ސާމިހްއަށް އަޑުއަހަން އެހާ ފަސޭހައެއް ނުވާނެ. އެކަމަކު… އަހަރެން ދޮގެއް ނަހަދާނަން. އަހަރެން މި އުޅެނީ ތި ދެ މީހުން […]