ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (23)
ކުރީގެ އަދަދާއި ގުޅޭ: ” ވައިފް އެ ގުޅަނީ.” އޭނާ ބުންޏެވެ. އެ ވަގުތު އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނީ ނުދާށޭ ބުނާ ކަހަލަ ގޮތަކަށެވެ. ފޯނު ޖީބަށް ލަމުން ހުސެން އަހަންނަށް ބަލައިލިއެވެ. އޭރު ވެސް އާދޭހުގެ ނަޒަރަކުން އަހަންނަށް ހުރެވުނީ ހުސެންއަށް ބަލަހައްޓައިގެންނެވެ. ” ދަނީ އިނގޭ.” ހުސެން އެހެން ބުނުމާއެކު އަހަރެން އޭނާގެ ގައިގައި ހިފެހެއްޓީމެވެ. ” އަދިވެސް އެބަ ގުޅާ.” ހުސެން ބުންޏެވެ. އަހަރެންގެ އަތް އޭނާގެ ގައިން ނައްޓުވާލަމުން […]