ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (34)
ކުރީގެ އަދަދާއި ގުޅޭ: ” ޔޫ ބުނީމެއްނު ޒިޔާދުގެ ބޮސްއެކޭ ކިޔައިގެން. އަޔާ ބުނީ އެކަމަކު ބޮސްއަކީ ޒިޔާދޯ. ޒިޔާދޯ ހުރިހާ ކަމެއްގެ އަޑީގައި ހުންނަނީ. ” ނޫރާ އެހެން ބުނުމުން އަަންނަށް ކޮޅަށް ތެދުވެވުނެވެ. ގަބޫލުކުރަން ދަތިވީ ވަރުން އިތުރަށް ކުރާނެ ސުވާލެއް ވެސް ނޭނގުނެވެ. ” ޔޫއަށް އެނގޭތަ؟ ޒިޔާދުގެ އޮފީހުގައި ބިންގަރާހެއް ހުރޭ. އެތާ އެ މީހުން ޖަގަހަ ހަދައިގެން އެ ވިޔަފާރި ކުރަނީ. އެ ތަނުގައި އެ އަންހެން ގުރޫޕާއެކު ބަރަހަނާކޮށް […]