Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ހިރިލަންދޫގައި މާރާމާރީއެއް ހިނގައި، ދެމީހަަކަށް އަނިޔާވެއްޖެ
Raajje

ހިރިލަންދޫގައި މާރާމާރީއެއް ހިނގައި، ދެމީހަަކަށް އަނިޔާވެއްޖެ

ތ. ހިރިލަންދޫގައި މާރާމާރީއެއް ހިނގައި، ދެމީހަަކަށް އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެރަށު ގެއެއްގެ ތެރެއަށް ތޫނު ހަތިޔާރު ހިފައިގެން ވަދެ ބަޔަކު މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ލިބުނީ ރޭ 10 ޖަހާކަންހާއިރު ކަމަށެވެ. މި މާރާމާރީގައި 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާ ވެފައިވާ ކަމަށާއި އެދެމީހުންނަށް ހިރިލަންދޫ ސިއްހީ މަރުކަޒުން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ […]

އަލަށް ގާއިމްކުރަން ހަވާލުކުރި ފަސް ރަށުގެ އައިސްޕްލާންޓާއެކު ސަރުކާރުގެ އައިސްޕްލާންޓް ވައުދު ފުއްދިއްޖެ: ހުސެން
Raajje

އަލަށް ގާއިމްކުރަން ހަވާލުކުރި ފަސް ރަށުގެ އައިސްޕްލާންޓާއެކު ސަރުކާރުގެ އައިސްޕްލާންޓް ވައުދު ފުއްދިއްޖެ: ހުސެން

އަލަށް ގާއިމްކުރަން ހަވާލުކުރި ފަސް ރަށުގެ އައިސްޕްލާންޓާއެކު ސަރުކާރުގެ އައިސްޕްލާންޓް ވައުދު ފުއްދިއްޖެ ކަމަށް މަސްވެެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފަސް ރަށެއްގައި އައިސްޕްލާންޓް ތަރައްގީކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އައިސްޕްލާންޓްތައް ގާއިމްކުރުން ފެނަކަ އާއި ހަވާލުކުރީ އެ އައިސްޕާންޓްތަކަށް ހެޔޮ އަގެއްގައި ކަރަންޓް ފޯރުކޮށްދެއްވާތީ ކަމަށެވެ. ފެނަކަ ކޯޕަރޭ...

މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް
Raajje

މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް

މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި ވޭތުވެދިޔަ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު، މަސައްކަތްތެރިންގެ ޙައްޤުގައި، ދިވެހި ސަރުކާރުގެ ފަރާތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށް ވެސް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ވިހެއުމާއި ގުޅިގެން ކޮންމެ މަންމައަކަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސް...

ކީރިތި ޤުރްއާނަށް ލޯބިކުރާ ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުން ތިބިކަން ރަން ތާޖު ޤުރްއާން މުބާރާތުން އެނގިއްޖެ: ރައީސް
Raajje

ކީރިތި ޤުރްއާނަށް ލޯބިކުރާ ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުން ތިބިކަން ރަން ތާޖު ޤުރްއާން މުބާރާތުން އެނގިއްޖެ: ރައީސް

ކީރިތި ޤުރްއާނަށް ލޯބިކުރާ، ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން ރަންތާޖު ޤުރުއާން މުބާރާތުން އެނގިގެން ހިނގައްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރަންތާޖު ޤުރުއާން މުބާރާތް ނިންމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ޒުވާނުންނަށް ބޭނުންވަނީ އިތުރު ތަމްރީނާއި ތަޖުރިބާ ކަމަށެވެ. އޭރުން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ޙާޞިލުކުރާނެ އެތައް ޤާރީންނަކާއި އެތައް ޙާފިޒުންނެއް އ...

ދިވެހި ކަނޑުގެ ސަރަހައްދެއް ''ގެއްލުވާލުމުގެ'' ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ: އެމްއެންޕީ
Raajje

ދިވެހި ކަނޑުގެ ސަރަހައްދެއް ''ގެއްލުވާލުމުގެ'' ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ: އެމްއެންޕީ

ދިވެހި ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާ ކަމަށާއި، އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓައާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ޗާގޯސް މައްސަލައާއި ގުޅޭގޮތުން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޗާގޯސް މައްސަލައިގައި ނިންމި ނިންމުން ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދިވެހިންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ދިވެހި ކަނޑުގެ ސަރަހައްދެއް ގެއްލު...

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ޖަލްސާ ފަސްކޮށްފި
Raajje

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ޖަލްސާ ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓު ހަވާލުކުރުން ފަސްކޮށްފިއެވެ. އެ ޕާޓީން ބުނީ އަންނަ މެއި މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި ޖަލްސާ ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ބާއްވާނެ ތާރީހެއް އަލުން އަންގާނެ ކަމަށެވެ. އެ ޕާޓީގެ ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގައި އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން މެއި 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާގެ […]

އިސްލާމިކް ޔުނިވާސިޓީގެ މިއަހަރުގެ ދެވަނަ ސެމިސްޓާގެ ކޯސްތަކަށް ހުޅުވާލައިފި
Raajje

އިސްލާމިކް ޔުނިވާސިޓީގެ މިއަހަރުގެ ދެވަނަ ސެމިސްޓާގެ ކޯސްތަކަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ޔުނިވަރސިޓީން ބުނީ މި ކޯސްތަކުގެ ތެރޭގައި މާސްޓަރސް ލެވެލްގެ 16 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 1 ކޯހަކާއި، ބެޗްލަރސް ލެވެލްގެ 13 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ / އެޑްވާންސްޑް ޑިޕްލޮމާގެ 2 ކޯހެއް ހިމެނޭ ކަމަށެވެ. އަދި ޑިޕްލޮމާގެ 9 ކޯހަކާއި އެކު ސެޓްފިކެޓް ލެވެލް ގެ 19 ކޯހެއް ހިމެނޭ ކަމަށެވެ. ހުޅުވާލެވިފައިވާ ފުރުސަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެޑިޔުކޭޝަން، ޝަރީޢާ […]

ދިއްދޫ ހިމެނޭހެން 5 ރަށެއްގައި އައިސް ޕްލާންޓު ގާއިމުކުރަން ފެނަކައާ ހަވާލުކޮށްފި
Raajje

ދިއްދޫ ހިމެނޭހެން 5 ރަށެއްގައި އައިސް ޕްލާންޓު ގާއިމުކުރަން ފެނަކައާ ހަވާލުކޮށްފި

ހއ. ދިއްދޫ ހިމެނޭހެން 5 ރަށެއްގައި އައިސް ޕްލާންޓު ހަދަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން، ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫގައި އައިސް ޕްލާންޓު ހެދުމަށެވެ. ސައުދީ ފަނޑުގެ އެހީގެ ދަށުން މިއިން ކޮންމެ ރަށެއްގައި ގާއިމުކުރާނީ 25 ޓަނުގެ އައިސްޕްލާންޓު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން […]

އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބައިބަލާ މުބާރާތެއް ބާއްވަނީ
Raajje

އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބައިބަލާ މުބާރާތެއް ބާއްވަނީ

އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބައިބަލާ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޖުލައި މަހުއެވެ. އެ އެސޯސިއޭޝަނުން ބުނީ މިއީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެއް ކަމަށާއި މި މުބާރާތް ފެށުމަށް މިހާރުތާވަލުކޮށްފައިވަނީ ޖުލައި 27 ގައި ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ވަރަށްއަވަހަށް ހުޅުވާލާނެ ކަމަށެވެ. 1996 ވަނަ އަހަރުން ފެށިގެން ކޮންމެއަހަރެއްގެ ވެސް ފިތުރު އީދާ ދިމ...

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަނީ
Raajje

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވަން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 90 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދއްކެވި ވާހަކަފުޅުގައެވެ. ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަމާޒަކީ ފުލުހުންގެ ތެރޭގައި ޚިދުމަތްކުރާ ކޮންމެ...

ޗާގޯސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ދުރުވިސްނުންފުޅުގެ ސަބަބުން: ހޯރަފުށި ކައުންސިލް
Thiladhunmathi News

ޗާގޯސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ދުރުވިސްނުންފުޅުގެ ސަބަބުން: ހޯރަފުށި ކައުންސިލް

ޗާގޮސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ހިކުމަތާއި ދުރުވިސްނުންފުޅުގެ ސަބަބުން ކަމަށް ތިލަދުންމަތި އުތުރުބުރީ ހޯރަފުށި ކައުންސިލުން ބުނެފިއެވެ. އެކައުންސިލުން މިހެން ބުނީ ރާއްޖެއާއި މޮރިޝަސް އާއި ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރަށްފަހު، ދިވެހިން ބޭނުންވިގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. އިޓްލޮސްގެ ނިންމުމާއި ގުޅިގެން 4687 އަކަ ކިލޯ މީޓަރުގެ ބޮޑުބައެއް ރާއްޖެއަށް ވަނީ ލިބިފައެވެ. […]

ހުޅުމާލޭ ފޭސް 2 ގައި ނައިޓު މާކެޓެއް
Raajje

ހުޅުމާލޭ ފޭސް 2 ގައި ނައިޓު މާކެޓެއް

ހުޅުމާލޭ ފޭސް 2 ގައި ނައިޓު މާކެޓެއް މާދަން ރޭ ފަށަން ތައްޔާރުވެއްޖެއެވެ. މި މާކެޓު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ‘ތިލަދުން’ އަށް ބުނީ މިއީ “ހިޔާ މާސް ނާއިޓު މާރކެޓު” ގެ ނަމުގައި ބާއްވާ ނައިޓު މާކެޓެއް ކަމަށެވެ. ހުޅުމާލެ ފޭސް2 ގައި ފުރަތަމަ ފަހަރަށް ބާއްވާ ނައިޓު މާރކެޓާއި ބެހޭގޮތުން އޭނާ ބުނީ މި މާރކެޓު ވެގެން ދާނީ ހިޔާގައި ދިރިއުޅޭފަރާތްތަކަށް އުނދަގޫކަމެއްނެތި ވިޔަފާރިވެރިން ވިއްކާ މުދާ ގަތުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށް […]

އިންޑިއާގެ ދިފާއީ ވަޒީރު މެއި 1 ގައި ރާއްޖެ ވަޑައިގަންނަވަނީ
Raajje

އިންޑިއާގެ ދިފާއީ ވަޒީރު މެއި 1 ގައި ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް، މެއި 1 ގައި ރާއްޖެ ވަޑައިގަންނަވާނެކަމަށް ޚަބަރުތައް ބުނެފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދާޚިލީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މިއީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފައެވެ. ރާޖްނާތު ސިންގް ގެ މި ދަތުރުފުޅުގައި ރައީސް ސާލިހާއި، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ ގެ އިތުރުން ބައެއް އެހެން ފަރާތްތަކާ ވެސް […]

ފޭދޫ ފިނޮޅު ކައިރީ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ
Raajje

ފޭދޫ ފިނޮޅު ކައިރީ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ފޭދޫ ފިނޮޅު ކައިރީ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި އެކްސިޑެންޓު ހިނގާފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:42 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި 53 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުު ދީފައިވާ ކަމަށް ވެސް ބުނެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. އެކި...

މީޑިއާ ކައުންސިލަށް ތިން މެމްބަރުން އިންތިހާބުކޮށްފި
Raajje

މީޑިއާ ކައުންސިލަށް ތިން މެމްބަރުން އިންތިހާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ތިން މެމްބަރަކު އިންތިހާބުކޮށްފިއެވެ. މިއަދު ހެނދުނު ބޭއްވި ވޯޓުލުމުގައި އެމްއެމްސީ އަށް އިންތިހާބުކޮށްފައިވަނީ މީޑިއާތައް ތަމްސީލު ކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ދެ މެމްބަރުންނެވެ. އެގޮތުން މީޑިއާތަކުން އިންތިހާބު ކާމިޔާބުކުރީ ޚަބަރު އޮންލައިންގެ އާދަމް އަަލީ އެވެ. އޭނާއަށް 64 ވޯޓު ލިބިފައި ވެއެވެ. އާންމުންގެ ފަރާތުން އިންތިހާބުވެފައިވަނީ ޖައިލަމް ތައުފީގާއި އަލީ އިސްމާއިލް އެވެ. މީގެ ތެރެއިން ފ. ބިލެތްދޫ، އަސަރީހިޔާ ޖައިލަމް ތައުފީގަށް 49 ވޯ...