ތ. ހިރިލަންދޫގައި މާރާމާރީއެއް ހިނގައި، ދެމީހަަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެރަށު ގެއެއްގެ ތެރެއަށް ތޫނު ހަތިޔާރު ހިފައިގެން ވަދެ ބަޔަކު މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ލިބުނީ ރޭ 10 ޖަހާކަންހާއިރު ކަމަށެވެ.
މި މާރާމާރީގައި 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާ ވެފައިވާ ކަމަށާއި އެދެމީހުންނަށް ހިރިލަންދޫ ސިއްހީ މަރުކަޒުން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ރަށުގެ އަމަންއަމާންކަން ނަގާލި މަައްސަލައެއްގައި 36 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!