ހުޅުމާލޭ ފޭސް 2 ގައި ނައިޓު މާކެޓެއް މާދަން ރޭ ފަށަން ތައްޔާރުވެއްޖެއެވެ.
މި މާކެޓު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު 'ތިލަދުން' އަށް ބުނީ މިއީ "ހިޔާ މާސް ނާއިޓު މާރކެޓު" ގެ ނަމުގައި ބާއްވާ ނައިޓު މާކެޓެއް ކަމަށެވެ.
ހުޅުމާލެ ފޭސް2 ގައި ފުރަތަމަ ފަހަރަށް ބާއްވާ ނައިޓު މާރކެޓާއި ބެހޭގޮތުން އޭނާ ބުނީ މި މާރކެޓު ވެގެން ދާނީ ހިޔާގައި ދިރިއުޅޭފަރާތްތަކަށް އުނދަގޫކަމެއްނެތި ވިޔަފާރިވެރިން ވިއްކާ މުދާ ގަތުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށް ކަމަށެވެ.
މާދަމާ އިން ފެށިގެން މެއި މަހުގެ 9 ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ނައިޓު މާކެޓު ކޮންމެ ދުވަހަކު ހަވީރު 4 ން މެންދަމު 12 ޖަހަންދެން އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން މި ނައިޓު މާކެޓުން މޭޒު ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު އޮތްކަމަށާއި ހުރިހާ ވިޔަރިވެރިންނަށް ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އެ ފަރާތުން ބުނީ މިހާރުވެސް މާރކެޓު ހިނގާ ސަރަހައްދުގައި ތައްޔާރީތައް ވަމުންދާ ކަމަށާއި ހިޔާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މާކެޓުގައި މާލެ އަދި ހުޅުމާލޭގެ ވީހާވެސް ގިނަ ވިޔަފާރި އައުމަކީ ހިޔާގެ ރައްޔިތުން އަދި މިމާކެޓު އިންތިޒާމުކުރާ ފަރާތްތަކުން ވަރަށް އެދޭ ކަމެއް ކަމުގައި ވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!