ފޭދޫ ފިނޮޅު ކައިރީ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި އެކްސިޑެންޓު ހިނގާފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:42 ހާއިރު ކަމަށެވެ.

Ad
rt

މި އެކްސިޑެންޓުގައި 53 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުު ދީފައިވާ ކަމަށް ވެސް ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

އެކި މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ބ. ކުޑަރިކިލު، އޯޝަންވިލާ، ސައުދުﷲ އަހްމަދެވެ.