އަލަށް ގާއިމްކުރަން ހަވާލުކުރި ފަސް ރަށުގެ އައިސްޕްލާންޓާއެކު ސަރުކާރުގެ އައިސްޕްލާންޓް ވައުދު ފުއްދިއްޖެ ކަމަށް މަސްވެެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފަސް ރަށެއްގައި އައިސްޕްލާންޓް ތަރައްގީކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އައިސްޕްލާންޓްތައް ގާއިމްކުރުން ފެނަކަ އާއި ހަވާލުކުރީ އެ އައިސްޕާންޓްތަކަށް ހެޔޮ އަގެއްގައި ކަރަންޓް ފޯރުކޮށްދެއްވާތީ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ދީފައިވާ މުއްދަތުގެ ތެރޭގައި އަލަށް ގާއިމްކުރާ 5 އައިސްޕްލާންޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އެ ކުންފުނީގެ ދަށުން ހިންގާ އައިސްޕްލާންޓްތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ސައިޑު ވިދާޅުވީ ބޮޑު މައްސަލައެއް ދިމާނުވެ މިހާރު ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި އައިސް ޕްލާންޓްތަކުން، އައިސް ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.
އެހެން ނަމަވެސް އެ އައިސް ޕްލާންޓަތަކުގެ ކެޕޭސިޓި އިތުރުކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމަކަށް ވާތީ، އެކަން ކުރަމުން އަންނަކަމަށް ސައީދު ވިދާޅުވިއެވެ.
އަލަށް އައިސްޕްލާންޓް ގާއިމްކުރުރަން ހަވާލުކުރީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫ ގައެވެ. މި5 ރަށުގައިވެސް ގާއިމްކުރާނީ 25 ޓަނުގެ އައިސް ޕްލާންޓްތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!