އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބައިބަލާ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޖުލައި މަހުއެވެ.

Ad
rt

އެ އެސޯސިއޭޝަނުން ބުނީ މިއީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެއް ކަމަށާއި މި މުބާރާތް ފެށުމަށް މިހާރުތާވަލުކޮށްފައިވަނީ ޖުލައި 27 ގައި ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ވަރަށްއަވަހަށް ހުޅުވާލާނެ ކަމަށެވެ.

1996 ވަނަ އަހަރުން ފެށިގެން ކޮންމެއަހަރެއްގެ ވެސް ފިތުރު އީދާ ދިމާކޮށް ބާއްވަމުން އަންނަ ބައިބަލާ މުބާރާތް ކޮވިޑުގެ ސަބަބުން ދެއަހަރުގެ މެދުކެނޑުމަކަށްފަހު، އަލުން ފެށީ ފައިބެއަހަރުއެވެ. އަދި މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ ހުޅުމާލޭގައެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގައި 34 ޓީމަކުން، 1000 އަށްވުރެ ގިނަ ކުޅުންތެރިން ވަނީ ފެނިފައެވެ.