Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

އެމްއޭސީއެލް އާއި ފުލުހުން ގުޅިގެން ރޯޑް ސޭފްޓީ އެވެއާނެސް ޕްރޮގްރާމެއް ފަށައިފި
Raajje

އެމްއޭސީއެލް އާއި ފުލުހުން ގުޅިގެން ރޯޑް ސޭފްޓީ އެވެއާނެސް ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުލްރަހްމާން އެވެ. އެމްއޭސީއެލްގެ ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓ...

މަކުނުދޫން 73 ގޯތި ދޫކުރަން ހުޅުވާލައި ފޯމު ދޫކުރަންފަށައިފި
Thiladhunmathi News

މަކުނުދޫން 73 ގޯތި ދޫކުރަން ހުޅުވާލައި ފޯމު ދޫކުރަންފަށައިފި

ހދ. މަކުނުދޫ އިން 73 ބަންޑާރަ ގޯތި ދޫކުރަން ހުޅުވާލައި މިއަދު ފޯމު ދޫކުރަން ފަށައިފިއެވެ. މަކުނުދޫން ދޫކުރަން ނިންމާފައި ވަނީ 2000 އަކަފޫޓްގެ ގޯތި ތަކެކެވެ. އެކަމަށް ކަނޑައަޅާފައިވާ އުސޫލަށް ފެތޭ، ޝަރުތު ހަމަވާފަރާތްތަކުން އެ 73 ގޯއްޗަށް ކުރިމަތިލުމަށް މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މަކުނުދޫ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. މަކުނުދޫން ގޯތި ދޫކުރާނެ އުސޫލު ކަނޑައަޅައި، އެރަށު ކައުންސިލުން އެކުލަވާލި އުސޫލުގައިވާގޮތުން މަކުނުދޫގެ […]

ކަޅުތެޔޮ ކޮތަޅަކުން ޑިމޮކްރެޓިކުން ފަހަތަކަށް ނުޖެއްސޭނެ: ޝިފާޒު
Raajje

ކަޅުތެޔޮ ކޮތަޅަކުން ޑިމޮކްރެޓިކުން ފަހަތަކަށް ނުޖެއްސޭނެ: ޝިފާޒު

ކަޅުތެޔޮ ކޮތަޅަކުން ޑިމޮކްރެޓިކުން ފަހަތަކަށް ނުޖެއްސޭނެކަމަށް “ދަ ޑިމޮކްރެޓްސް” އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މި ސަރުކާރުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ތެރެއިން އުފެދުނު “ދަ ޑިމޮކްރެޓްސް” ގެ ހަރުގެއަށް ރޭ ވަނީ ބަޔަކު ކަޅުތެޔޮ ޖަހާފައެވެ. އެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ވަގުތެއްގައި އެ ޕާޓީގެ […]

ރިޔާސަތާ ހަވާލުވާނެ މީހަކު ނެތުމުން އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވުނު
Raajje

ރިޔާސަތާ ހަވާލުވާނެ މީހަކު ނެތުމުން އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވުނު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ހަވާލުވާނެ މީހަކު ނެތުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާފައިފިއެވެ. މިއަދުގެ ޖަލްސާ އަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގެ ގަރާރު އިއްވުމަށް ތާވަލުކޮށްފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައިވާތީ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މ...

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގައިގެން ދައުލަތަށް 1.1 މިލިއަން ރުފިޔާ
Raajje

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގައިގެން ދައުލަތަށް 1.1 މިލިއަން ރުފިޔާ

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގައިގެން ދައުލަތަށް 1.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ޓެކްސް ނޫން އެހެނިހެން ފީތަކުން ލިބިފައިވަނީ 220 މިލިއަން ރުފިޔާއެވެ. ޕްލާސްޓިކް ކޮތަޅުން ލިބުނު އާމްދަނީއަކީ ފީތަކުން ލިބުނު އާމްދަނީގެ 0.50 ޕަސެންޓެވެ. މިއަހަރުގެ އޭޕްރީލް  18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ގެ ފީއެއް ނަގަން ފަށާފައިވާއިރު، ކުނި މެނޭޖުކުރުމާއި ބެހޭ ގާނޫނަށް […...

ހަތަރު ދާއިރާއަކުން ރާއްޖެއާއި ސީޝެލްސް ގުޅުން ބަދަހި ކުރުމަށް ސޮއި ކޮށްފި
Raajje

ހަތަރު ދާއިރާއަކުން ރާއްޖެއާއި ސީޝެލްސް ގުޅުން ބަދަހި ކުރުމަށް ސޮއި ކޮށްފި

ރާއްޖެއާއި ސީޝެލްސްއާ ދެމެދު މުހިންމު 4 ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް ސޮއި ކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުންތަކަށް ފަހުގައެވެ. މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކަކީ ވިސާއާ ނުލައި ދަތުރުކުރުމަށް މަގުފަހި ކުރުމާ ގުޅޭ އެއްބަސްވުމާއި، ދެގައުުގެ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމާ ގުޅޭ އެއްބަސްވުމާއި، ޒުވާނުންގެ ތަރައްގީއާ ގުޅޭ އެއްބަސްވުމަކ...

ހައްޖުވެރިން ފުރާއިރު ތޮށްޖެހުން ކުޑަކުރުމަށް އެއާޕޯޓަށްދާ މީހުން ސަމާލުވުމަށް އިލްތިމާސެއް
Raajje

ހައްޖުވެރިން ފުރާއިރު ތޮށްޖެހުން ކުޑަކުރުމަށް އެއާޕޯޓަށްދާ މީހުން ސަމާލުވުމަށް އިލްތިމާސެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތޮށްޖެހުން ކުޑަކުރުމަށް އެއާޕޯޓަށްދާ މީހުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން ވިދާޅުވީ މިއަހަރު ގިނައަދަދެއްގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާތީ، ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށް ބެލެވޭ ކަމަށެވެ. އަދި ފުރަން އެއާޕޯޓަށްދާ މީހުން އެކަމަށް ސަމާލުވެ، ކުރިއާލައި ފުރުމުގެ އިންތިޒާމްތައް ނިންމުމަށް އިލްތިމާސް ކުރާކަމަށެވެ. މީގެ އިތުރުން އެއާޕޯޓުގައި ޓްރެފިކް ތޮއްޖެހުން ކުޑަ ކުރުމަށް އިތުރު ފުލުހުން ހަރަކާތްތެރިވާނެ...

މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ހުއްޓާލައިފި
Raajje

މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ހުއްޓާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ހުއްޓާލައިފިއެވެ. މިއަދުގެ ޖަލްސާ ހުއްޓާލާފައިވަނީ ޖަލްސާގެ ރިޔާސަތު ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާ ހަވާލުކުރުމުން އެމްޑީޕީ މެންބަރުން ނުރުހުން ފާޅު ކުރަން ފެށުމުންނެވެ. މިއީ މަޖިލިސް ޖަލްސާތައް ކުރިއަށް ނުގެންދެވި ވިދިވިދިގެން ހުއްޓާލަން ޖެހުނު ތިން ވަަނަ ފަހަރެވެ. މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމުގެ ދެ […]

މަކުނުދޫ ފަޅުގައި ސޮނެވާ އިން ހަދާ ރިސޯޓު މިއަހަރު ހުޅުވަނީ
Thiladhunmathi News

މަކުނުދޫ ފަޅުގައި ސޮނެވާ އިން ހަދާ ރިސޯޓު މިއަހަރު ހުޅުވަނީ

ހދ. މަކުނުދޫ ފަޅުގައި ސޮނެވާ އިން ހަދާ ރިސޯޓު މިއަހަރު ހުޅުވަން ނިންމައިފިއެވެ. ސޮނެވާގެ ބާނީ ޝިވްދަސާނީ ސޯނޫ މިކަން ހާމަކުރެއްވީ ޓްރެންޑް ފޯކާސްޓިން ކުންފުނި، ޑަބްލިއުޖީއެސްއެން ގެ ވެބިނާއެއްގައި ވާހަކަދައްކަވަމުންނެވެ. ސޯނޫ ވިދާޅުވީ އެ ރިސޯޓަށް ގާތްގަނޑަކަށް 40 މިލިއަން އެމެރިކާ ޑޮލަރު (614 މިލިއަން ރުފިޔާ) ހަރަދުވެފައިވާނެ ކަމަށާއި މި ރިސޯޓުގައި ވެސް ފަތުރުވެރިންނަށް ޕްރައިވަސީ އާއެކު އުޅެވޭނެ ކަމަށެވެ. އަދި ގުދުރަތީ ރީތިކަން ތަޖުރިބާ ކޮށްލަން ލަގްޒަރީ ވިލާތަކާއި ރެސިޑެންސްތައް ވެސް ހުންނާނެ...

މޭ މަހު، މީރާ އަށް 1.71 ބިލިއަން ރުފިޔާ
Business

މޭ މަހު، މީރާ އަށް 1.71 ބިލިއަން ރުފިޔާ

މިއަހަރުގެ މޭމަހު، މޯލްޑިވްސް އިންލޭންޑް ރެވެެނިއު އޮތޯރިޓީ (މީރާ) އަށް 1.71 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މީރާ އިން ހާމަކޮށްފައިވާ ގޮތުގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %30.4 ގިނަ އަދަދެކެވެ. އަދި މިއަހަރުގެ މޭ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ވެސް %1.8 ގިނަ އަދަދެކެވެ. ފައިބެއަހަރުގެ މޭ މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ މޭ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއް […]

ރިޔާސީ އިންތިޚާބަށް އޮންލައިންކޮށް ރީ-ރެޖިސްޓްރީކުރުމަށް އަންނަމަހު ހުޅުވާލަނީ
Raajje

ރިޔާސީ އިންތިޚާބަށް އޮންލައިންކޮށް ރީ-ރެޖިސްޓްރީކުރުމަށް އަންނަމަހު ހުޅުވާލަނީ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އޮންލައިންކޮށް ރީ-ރެޖިސްޓްރީކުރުމަށް އަންނަ ޖުލައި މަހު ހުޅުވާލަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އީސީ އިން ބުނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އެ ކޮމިޝަނުން ހަމަޖައްސައި، ރިޔާސީ އިންތިޚާބުގެ ޤަވާއިދު އެ ކޮމިޝަނުން އާއްމުކޮށްފައިވާނެ ކަމަށެވެ. ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅ...

އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްދޭ ތަންތަން ޑިޖިޓަލް ކުރުމަށް ބޭނުންވާ ސާމާނު 183 ތަނަކަށް ހަވާލުކޮށްފި
Raajje

އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްދޭ ތަންތަން ޑިޖިޓަލް ކުރުމަށް ބޭނުންވާ ސާމާނު 183 ތަނަކަށް ހަވާލުކޮށްފި

އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްދޭ ތަންތަން ޑިޖިޓަލް ކުރުމަށް ބޭނުންވާ ސާމާނު 183 ތަނަކަށް ހަވާލުކޮށްފިއެވެ. އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި5 ރީޖަނަލް ހޮސްޕިޓަލަށާއި، 15 އަތޮޅު ހޮސްޕިޓަލް އަދި 163 ޞިއްޙީ މަރުކަޒަށް އައިޓީ ސާމާނުވަނީ ހަވާލުކޮށްފައެވެ. މިތަކެތި ހަވާލުކޮށްދެއްވީ ނައިބް ރައީސް ފައިޞަލް ނަޞީމްއެވެ. ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ފަރާތުން މިތަކެއްޗާއި ހަވާލުވީ އެތަންތަނުގެ އިސްވެރިންނެވެ. މި ރަސްމިއްޔާތުގައި ސިއްހަތާއިބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވީ ފެންވަރު ރަނ...

ރިޔާސަތު ބެލެހެއްޓުވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެ، ނަޝީދުގެ ސިޓީފުޅެއް!
Parliament

ރިޔާސަތު ބެލެހެއްޓުވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެ، ނަޝީދުގެ ސިޓީފުޅެއް!

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވައިފިއެވެ. އެ ސިޓީފުޅުގައި ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވާތީ، ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ސޮއި ކުރައްވާ ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށ...

މަކުނުދޫ ސްކޫލުގެ ހޯލް އަޅާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށްބުނެ އެއްވެއްޖެ
Thiladhunmathi News

މަކުނުދޫ ސްކޫލުގެ ހޯލް އަޅާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށްބުނެ އެއްވެއްޖެ

ހދ. މަކުނުދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އެޅުމުގެ މަސައްކަތުގައި އުޅޭ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުލިބޭކަމަށް ބުނެ މިއަދު މަކުނުދޫ ކައުންސިލް ދޮށަށް އެއްވެ، ކަންބޮޑުވުންފާޅުކޮށްފިއެވެ. އެކަމާއި ގުޅިގެން މަކުނުދޫ ކައުންސިލު މެމްބަރު އަދި އޮފީސް ހިންގެވުމާއި މިވަގުތު ހަވާލުވެހުންނެވި ތޯހިރާ އަބޫބަކުރު ވިދާޅުވީ ހޯލްއެޅުމުގެ މަސައްކަތުގައި އުޅޭ ބިދޭސީ މުވައްޒަފުން ކައުންސިލް ދޮށަށް އެއްވީ މުސާރަ ނުލިބޭތާ 3 މަސްދުވަސް ވެފައިވާކަމަށް ބުނެ ކަމަށެވެ. އަދި އެމީހުންގެ ވާހަކަތައް ކައުންސިލުން އަޑު އަހަ...

ރައީސް ޔާމީނަކީ ދޭ އަނިޔާއަށް ފަސް އެނބުރި ބައްލަވާނެ ބޭފުޅެއް ނޫން: އަދުރޭ
Raajje

ރައީސް ޔާމީނަކީ ދޭ އަނިޔާއަށް ފަސް އެނބުރި ބައްލަވާނެ ބޭފުޅެއް ނޫން: އަދުރޭ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ، ދޭ އަނިޔާއަކަށް ފަސް އަބުރި ބަލާނެ ބޭފުޅެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ޔާމީންނަށް ކޮށްފައިވާ ޖަލުހުކުމާއި ގުޅިގެން 900 ދުވަސް ހަމަވެފައިވާތީ، ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމަކީ ނުހައްގުން ކޮށްފައިވާ ސިޔާސީ ހުކުމެއްކަން ވިދާޅުވަމުން އަންނައައުން ރޭ ވެސް ވަނި ތަކުރާރުކޮށްފައެވެ. އ...