ރާއްޖެއާއި ސީޝެލްސްއާ ދެމެދު މުހިންމު 4 ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް ސޮއި ކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުންތަކަށް ފަހުގައެވެ.
މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކަކީ ވިސާއާ ނުލައި ދަތުރުކުރުމަށް މަގުފަހި ކުރުމާ ގުޅޭ އެއްބަސްވުމާއި، ދެގައުުގެ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމާ ގުޅޭ އެއްބަސްވުމާއި، ޒުވާނުންގެ ތަރައްގީއާ ގުޅޭ އެއްބަސްވުމަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ދެޤައުމު ގުޅިގެން މަސައްކަތް ކުރުމާއި، މިސަރަހައްދުގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ އެއްބަސްވުމެވެ.
ރާއްޖެއިން މި އެއްބަސްވުން ބަދަލުކުރައްވާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.ޢަބްދުﷲ ޝާހިދުއެވެ. އަދި ސޭޝެލްސްއިން އެއްބަސްވުން ބަދަލުކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ޓޫރިޒމަ އެންޑް ފޮރިން އެފެއާޒް ސިލްވެސް ރަޑަގޮންޑޭއެވެ.
ޒުވާނުންގެ ތަރައްގީއާ ގުޅޭ އެއްބަސްވުމުގައި ރާއްޖެއިން ބަދަލުކުރެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމަންޓް ޢަހުމަދު މަހްލޫފުއެވެ.
މަޝްވަރާތަކާއި އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ފަހު ދެ ގައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގައި ދެ ރައީސުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމާއި، އެކި ދާއިރާތަކުން މުހިންމު މަޝްވަރާތައް ކުރެވި އަމަލީ މަސައްކަތްތަކެއް އެކަމުގައި ކުރެވެމުން އަންނަކަން ފާހަގަކުރައްވާފައެވެ.
ރައީސް ސާލިހު ވިދާޅުވީ ދެގައުުގެ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމާއި ގުޅޭ އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ފަތުރުވެރިކަން މިހާރަށްވުރެ އިތުރަށް ފުޅާކޮށް، ތަރައްގީ ކުރުމަށް މަގުފަހުވާނެ ކަމަށެވެ. އަދި މިއީ ރާއްޖެއާއި ސީޝެލްސްގެ ނަލަ، ޗާލުކަން ދުނިޔެއަށް އިތުރަށް ދައްކާލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
މީގެ އިތުރުން ދިވެހިންނަށް ވިސާ އާ ނުލައި، އެ ގައުމަށް ދަތުރުކުރުމުގެ އެއްބަސްވުމުގެ ދަށުން، އެގައުމަށް ދާހިތުން ކެތްމަދުވެފައި ތިބި ދިވެހިންގެ ހިތުގައި އޮތް ނުތަނަވަސްކަމަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.
ދެޤައުމުގެ މެދުގައި މިއަދު ބަދަލުކުރެއްވި އެއްބަސްވުންތަކަކީ؛
1. އެގްރީމެންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް އޮން ޝޯޓް ސްޓޭ ވިސާ ވެއިވަރ؛
މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ހިޒް އެކްސެލެންސީ ސިލްވެސްތް ރަޑެގޮންޑެއެވެ. މިއެއްބަސްވުމުގެ ދަށުން، ދެޤައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހި ދަތުރުފަތުރުކުރުމަށް ފަސޭހަތައް ލިބިގެންދާނެއެވެ. އަދި މިއެއްބަސްވުމާއިއެކު ދެ ޤައުމުގެ އިޖްތިމާޢީ އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެއެވެ.
2. އެގްރީމެންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް ކޮންސަރނިންގ އެއަރ ސަރވިސަސް؛
މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ހިޒް އެކްސެލެންސީ ސިލްވެސްތް ރަޑެގޮންޑެއެވެ. މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، އިޤުތިޞާދަށް ކުރިއެރުން ލިބި، ރައްކާތެރި ހަރުދަނާގޮތެއްގައި ވައިގެ ދަތުރުފަތުރުތައް ކުރިއަށް ގެންދެވޭނެއެވެ.
3. ޕްރޮޓޮކޯލް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް އޮންދަ ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސިޝަނަލް އޯގަނައިޒްޑް ކްރައިމް އެންޑް އަދަރ މެރިޓައިމް ސެކިއުރިޓީ އެންޑް ސޭފްޓީ ތްރެޓްސް؛
މިޕްރޮޓޮކޯލްގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ހިޒް އެކްސެލެންސީ ސިލްވެސްތް ރަޑެގޮންޑެއެވެ. މި ޕްރޮޓޮކޯލްގެ މަޤުޞަދަކީ، ކަނޑުފޭރުން ފަދަ ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތައް ހުއްޓުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމެވެ. އަދި މިޕްރޮޓޮކޯލްގެ ސަބަބުން ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.
4. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ފޮރ ޔޫތު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ބިޓްވީން ދަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ފެމިލީ އޮފް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް އެންޑް ދަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އޮފް ދަ އޮފް ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް؛
މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ހިޒް އެކްސެލެންސީ ސިލްވެސްތް ރަޑެގޮންޑެއެވެ.
މި މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގގެ މަޤުޞަދަކީ ރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި ޢިލްމާއި ތަޖުރިބާ އާއި ވަސީލަތްތައް ޙިއްޞާކޮށް، ޤާބިލްކަން އިތުރުކޮށް އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ފަދަ ތަފާތު ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި ދިގު މުއްދަތަށް އެއްބާރުލުން ޤާއިމްކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!