Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
152 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއި އެކު ސިއްހީ ދާއިރާއިން ތައްޔާރުވާން ޖެހޭ: ނައިބު ރައީސް
Raajje

ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއި އެކު ސިއްހީ ދާއިރާއިން ތައްޔާރުވާން ޖެހޭ: ނައިބު ރައީސް

ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއި އެކު ސިއްހީ ދާއިރާއިން ތައްޔާރުވާން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ކާޑިއަކް ވޯކްޝޮޕް 2023” ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަންތައް ކުރަންފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރިޔަށްގެންދާ މި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސިއްހަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާއި މެދު ވެސް ވިސްނަންޖެހޭނެ...

އެމްޑީޕީއަކީ ހަމަޖެހުން ނަގާލައި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭނެ ބައެއް ނޫން: ރައީސް
Raajje

އެމްޑީޕީއަކީ ހަމަޖެހުން ނަގާލައި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭނެ ބައެއް ނޫން: ރައީސް

އެމްޑީޕީއަކީ ހަމަޖެހުން ނަގާލައި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭނެ ބައެއް ނޫން ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅެއްގައި ގދ. މަޑަވެއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ބަޔަކު ހުޅުޖަހައި، ރޯކޮށްލާފައިވާތީ، އެމަނިކުފާނުގެ ކެމްޕޭން ޓީމުން އެރަށުގައި ޖަލްސާ ބާއްވާފައިވަނީ ގަސް ދޮށުގައެވެ. އެ ގަސްދޮށުގައި ހުންނަވައި ވާ...

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ
Raajje

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ވިދާޅުވީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އޮންނާނީ މާދަމާ ހަވީރު 4:30 ގައި އިންތިހާބާއި ބެހޭ މައި މަރުކަޒު، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ކެންޑި...

ޕީއެންސީން ދެއްކީ ގާބިލު ކެންޑިޑޭޓެއް ނޫން: ނާޒިމް
Raajje

ޕީއެންސީން ދެއްކީ ގާބިލު ކެންޑިޑޭޓެއް ނޫން: ނާޒިމް

ލީޑަރު ދައްކާހާ މީހަކަށް ވޯޓުލާކަށް ނުޖެހޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އުޖާލާ ޒަމާން ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ފާއިތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި ޕާޓީއެއްގެ ތެރޭގައި ވަަރަށްބޮޑު ހަނގުރާމައެއް ހިނގައިދިޔަ ކަމަށާއި ފެނިގެން ދިޔައީ ޕާޓީގެ ރުހުމާއި ނުރުހުމުގެ ތެރެއިން ޕާޓީގެ ޓިކެޓު ބަޔަކު ދަމައިގަތްތަން ކަމަށެވެ. މީގެ އިތުރުން ލީޑަރަކަށް […]

އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް: ރައީސް
Raajje

އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް: ރައީސް

އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ދ. އަތޮޅު މީދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެކަމަށާއި އަޅުގަނޑުމެން ކަން ކޮށް ދައްކާފައިވާ ކަމަށެވެ. އަ...

ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން މުނައްވަރު ނިންމަވައިފި
Raajje

ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން މުނައްވަރު ނިންމަވައިފި

މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު، އިންތިހާބުގައި ވާދަ ނުކުރައްވާނެކަން ހާމަކުރައްވައިފިއެވެ. އޭނާ ކުރެއްވި ޓްވީޓަކުން އެކަން ހާމަކުރައްވާފައިވީނަމަވެސް ވާދަނުކުރައްވާ ސަބަބެއް ވިދާޅެއްނުވެއެވެ. ޑރ. މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި އެކަން އިއުލާން ކުރެއްވީ މިދިޔަ މާރޗް މަހު ތެރޭގައެވެ. އަދި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ގައުމު ސަ...

ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް ސާލިހު ދ. އަތޮޅަށް
Raajje

ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް ސާލިހު ދ. އަތޮޅަށް

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައމަދު ސާލިހު ކެމްޕެއިން ދަތުރުފުޅެއްގައި އަތޮޅަށް ވަޑައިގެންފިއެވެ. އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ދ. މީދޫ އަށެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ސާލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފަ...

ނާޒިމްގެ ކެންޑިޑެސީ ފޯމް އީސީ އިން ބަލައިގެންފި
Raajje

ނާޒިމްގެ ކެންޑިޑެސީ ފޯމް އީސީ އިން ބަލައިގެންފި

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ކެންޑިޑަސީ ފޯމް، އިލްކްޝަންސް ކޮމިޝަން (އީސި) އިން ބަލައިގެންފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، އޮނަރަބްލް މުޙައްމަދު ނާޒިމް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކޮށްފައިވާ...

ރާއްޖެއިން ހިމަބިހީގެ އިތުރު ކޭހެއް ފެނިއްޖެ
Raajje

ރާއްޖެއިން ހިމަބިހީގެ އިތުރު ކޭހެއް ފެނިއްޖެ

ރާއްޖެއިން ހިމަބިހީގެ އިތުރު ކޭހެއް ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ. އެ އިދާރާ އިން ހާމަކުރައްވާފައިވާ ގޮތުގައި މި ކޭސް ފެނިފައިވަނީ ވަނީ މި ހިނގާ އޮގަސްޓު މަހުގެ 5 ވީ އާދީއްތަ ދުވަހުއެވެ. އަދި މިއީ މިއީވެސް ރާއްޖެއިން ބޭރުން ބަލިޖެހިގެން ރިޕޯޓް ކުރެވިފައިވާ ފަރާތެއް ކަމަށް ހާމަކުރައްވައެވެ. އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ މި ކޭސް ފެނުމާއި ގުޅިގެން ކުރީ ފަހަރުތަކެކޭ އެއްފަދައިން ބަލި ފެތުރުމުގެ ފުރުސަތު ދެނެގަތުމުގެ […]

ފާރިސް އަމިއްލަގޮތުން ވާދަކުރައްވަން ނިންމަވައިފި
Raajje

ފާރިސް އަމިއްލަގޮތުން ވާދަކުރައްވަން ނިންމަވައިފި

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވައިފިއެވެ. މީޑިއާ އަށް ދޫކުރެއްވި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ އޭނާ ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ރާއްޖޭގައި ހުރި ކަންކަން އިސްލާހު ކުރުމުގެ މާތް މަގުސަދުގައި ކަމަށެވެ. “އެކުވެރި، ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ދިވެހި ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގްސަދ...

ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން ނުފެންނަކަމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފި
Raajje

ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން ނުފެންނަކަމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފި

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން ނުފެންނަކަމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ. އިންތިހާބު ބޮއިކޮޓު ކުރުމަށް އެދިލައްވާފައިވަނީ ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނު މިގޮތަށް އެދިލެއްވީއެމަނިކުފާނު، އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުންނެވެ. އަދި އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް ވަނީ އީސީގެ ނިންމުމަށް ތާއީދު ކޮށްފައެވެ. ޕީޕީއެމް، ޕީއެންސީގެ ސެނެޓުން...

އިލްޔާސްގެ ރަނިންމޭޓަކަށް އަމްރު!
Raajje

އިލްޔާސްގެ ރަނިންމޭޓަކަށް އަމްރު!

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި “ދަ ޑިމޮކްރެޓްސް” އިން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުގެ ރަނިމްމޭޓަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހަމަޖައްސައިފިއެވެ. އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ކެންޑިޑެސީ ފޯމް ހުށަހެޅުން ދަރުބާރު ގޭގައި މިހާރުދަނީ ކުރިއަށެވެ. އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކޮށްފައި ވަނީ މާރޗް 26 ވަނަ ދުވަހުއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ އޭނާ މަގާމުން ވަކި ކުރީ ކުންފުނީގެ ހިންގުން އިތުރަށް ހަ...

ނާޒިމްގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހަޅައިފި
Raajje

ނާޒިމްގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހަޅައިފި

މިއަހަރުގެ ސެޕްޓެމްބަރތު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދގަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ކެނޑިޑެސީ ފޯމު، އިލެކްޝަންސް ކޮމިޝަން (އީސި) އަށް ހުށަހަޅުއްވައިފިއެވެ. އޭނާގެ ފޯމު ހުށަހެޅުއްވީ މިއަދު އެވެ. އަދި ނާޒިމްއާ އެކު ފޯމު ހުށަހަޅުއްވަން އޭނާގެ ރަނިންމޭޓް ޑރ. އަހްމަދު އަދީލް ނަސީރު ވެސް ވަނީ ވަޑައިގެންފައެވެ. ނާޒިމްގެ ކެންޑިޑެސީ ފޯމާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ...

ނާޒިމްގެ ރަނިންމޭޓަކަށް އަދީލް ހަމަޖައްސައިފި
Raajje

ނާޒިމްގެ ރަނިންމޭޓަކަށް އަދީލް ހަމަޖައްސައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް އައްޑޫ ސިޓީއަށް ނިސްބަތްވާ ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސާ، އެކަން އިއުލާން ކޮށްފިއެވެ. އެކަން ރަސްމީކޮށް އިއުލާނު ކުރީ މިކަމަށްޓަކައި ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށްގެންދާ ހާއްސަ ޖަލްސާގައެވެ. މި ޖަލްސާގައި އެމްއެންޕީގެ ރަނިންމޭޓު އިއުލާނު ކޮށްދެއްވީ، އެ ޕާޓީގެ ރައީސް އަދި ރިޠާސީ ކެންޑިޑޭޓް ނާޒިމްއެވެ. މި ޖަލްސާގައި […]

ސިނަމާލެ ބުރިޖު ހައިވޭ އަށް އުދަ އަރައި، ސައިކަލްތަކެއް އެކްސިޑެންޓު ވެއްޖެ
Raajje

ސިނަމާލެ ބުރިޖު ހައިވޭ އަށް އުދަ އަރައި، ސައިކަލްތަކެއް އެކްސިޑެންޓު ވެއްޖެ

ސިނަމާލެ ބުރިޖު ހައިވޭ އަށް އުދަ އަރައި، ސައިކަލްތަކެއް އެކްސިޑެންޓު ވެއްޖެއެވެ. އުދަ އަރާފަައިވަނީ ބުރިޖާއި ހައިވޭ ގުޅޭ ޖަންކްޝަން ސަރަހައްދަށެވެ. އަދި އެވަގުތު އެ ސަަރަހައްދުން ދަތުރުކުރަމުން ދިޔަ ސައިކަލުތައް އުދައިގެ ސަބަބުން ކަހާލައިގެން ވެއްޓި ވަނީ އެކްސިޑެންޓު ވެފައެވެ. އެހެންނަމަވެސް މި ހާދިސާގައި ލިބުނު އަނިޔާގެ ތަފްސީލު ހާމަވާގޮތް އަދިވަނީ ނުވެފައެވެ. ސޯޝަލް މީޑިއާގައ ދައުރުވަމުންދާ ވީޑިއޯގައި ފެންނަގޮތުގައި އުދަ އެރުމުގެ ސަބަބުން ގިނަ ސައިކަލުތަކެއް ވެއްޓި، ކަހާލައިގެންދާ މަންޒަރު ފެނ...