މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން ނުފެންނަކަމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.
އިންތިހާބު ބޮއިކޮޓު ކުރުމަށް އެދިލައްވާފައިވަނީ ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނު މިގޮތަށް އެދިލެއްވީއެމަނިކުފާނު، އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުންނެވެ. އަދި އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް ވަނީ އީސީގެ ނިންމުމަށް ތާއީދު ކޮށްފައެވެ.
ޕީޕީއެމް، ޕީއެންސީގެ ސެނެޓުން ގުޅިގެން ބޭއްވި ބައްދަލުވުމުގައި އިންތިހާބު ބާތިލް ކުރުމަށް ނުވަތަ ބޮއިކޮޓު ކުރުމަށް 46 މެންބަރުން ވޯޓު ދެއްވިއިރު، ބޮއިކޮޓް ކުރަން ނުފެންނަކަމަށް 67 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު، ޔާމީނުގެ އެދިލެއްވުމަށް ބޮއިކޮޓު ކުރުމަށް އިދިކޮޅު ސެނެޓުން ކުރިއަށް ގެންދިޔަ ބައްދަލުވުން ވަރަށް ބޮޑަށް ހޫނުވެ، ހަމަނުޖެހުންތަކެއް ވެސް ވަނީ ހިންގާފައެވެ. އަދި އެ ކަމާއިގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ޕީޕީއެމް އޮފީހަށް ވަނީ ގޮސްފައެވެ.
އޭގެ ފަހުން ޕާޓީގެ އާންމު މެންބަރުން ޕީޕީއެމްގެ އޮފީހުން ނެރެ ބައްދަލުވުން މެދު ކަނޑާލި އެވެ. ބައްދަލުވުން އަލުން ކުރިއަށް ގެންގޮސްފައިވަނީ ހަމަނުޖެހުންތައް މަޑުޖެހުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!