މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައމަދު ސާލިހު ކެމްޕެއިން ދަތުރުފުޅެއްގައި އަތޮޅަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ދ. މީދޫ އަށެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

Ad
rt

ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ސާލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފައި ވަނީ ށ. އަތޮޅުންނެވެ. އެ އަތޮޅު ކޮމަންޑޫއިން ފެއްޓެވި ކެމްޕޭންގައި ފޯކައިދޫ، މަރޮށި އަދި ނޫމަރާއަށް ވަނީ ވަޑައިގެންފައެވެ.

މީގެ އިތުރުން ކ. އަތޮޅު ގުޅި، ގުރައިދޫ އަދި މާފުއްޓަށާއި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށް ވެސް ސާލިހު ވަނީ ކެމްޕެއިން ދަތުރުފުޅުގައި ވަޑައުގެންފައެވެ. އަދި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވެސް ވަޑައިގެންފައި ވެއެވެ.

ސާލިހުގެ ކެމްޕެއިން ދަތުރުފުޅުގައި ހއ. އަތޮޅުގެ 10 ރަށަކަށް ވެސް ވަޑައިގެންނެވިއެވެ. އެއީ ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދޫ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ދިއުމުގެ އަމާޒާއެކު މިއަހަުގެ އަޟުހާ އީދަށް ފަހު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި ފުވައްމުލައް ސިޓީ އާއި ށ. އަދި ހދ އަތޮޅަށް ވެސް ވަނީ ވަޑައިގެންފައެވެ.

އެމްޑީޕީފެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ވަނީ ހުށަހަޅުއްވާފައެވެ. އަދި އެ ފޯމު ވަނީ އީސީ އިން ވަނީ ބަލައިގެންފައެވެ.

ރައީސްގެ ކެނޑިޑެންސީ ފޯމު އީސީއާ ހަވާލު ކޮށްދެއްވީ ރައީސް ސޯލިހުގެ އިންތިހާބީ އޭޖެންޓް، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއެވެ. އަދި އީސީގެ ފަރާތުން ފޯމާ ހަވާލުވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.

ރައީސް ސޯލިހްގެ ގެ ރަނިންގ މޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމްއެވެ.