ސިނަމާލެ ބުރިޖު ހައިވޭ އަށް އުދަ އަރައި، ސައިކަލްތަކެއް އެކްސިޑެންޓު ވެއްޖެއެވެ.

އުދަ އަރާފަައިވަނީ ބުރިޖާއި ހައިވޭ ގުޅޭ ޖަންކްޝަން ސަރަހައްދަށެވެ. އަދި އެވަގުތު އެ ސަަރަހައްދުން ދަތުރުކުރަމުން ދިޔަ ސައިކަލުތައް އުދައިގެ ސަބަބުން ކަހާލައިގެން ވެއްޓި ވަނީ އެކްސިޑެންޓު ވެފައެވެ.

Ad
rt

އެހެންނަމަވެސް މި ހާދިސާގައި ލިބުނު އަނިޔާގެ ތަފްސީލު ހާމަވާގޮތް އަދިވަނީ ނުވެފައެވެ.

ސޯޝަލް މީޑިއާގައ ދައުރުވަމުންދާ ވީޑިއޯގައި ފެންނަގޮތުގައި އުދަ އެރުމުގެ ސަބަބުން ގިނަ ސައިކަލުތަކެއް ވެއްޓި، ކަހާލައިގެންދާ މަންޒަރު ފެނެއެވެ.

މީގެ އިތުރުން މާލޭގެ އިރުމަތީފަރާތަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ސަރަހައްދުތަކަަށް ވެސް ދަނީ އުދައަރަމުންނެވެ.

މޫސުމާައި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެފައިވަނީ މިއަދު އިރުއޮއްސި 6:30 އާއިހަމައަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، އުދަ އެރުން އެކަށީގެންވާ ކަމަށެވެ.

މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވެސް ނެރެފައިވާއިރު، މިއީ ޗުއްޓީ ދުވަސްވަރު ކަމަށްވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް އެ އިދާރާ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.