ރާއްޖެއިން ހިމަބިހީގެ އިތުރު ކޭހެއް ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.

އެ އިދާރާ އިން ހާމަކުރައްވާފައިވާ ގޮތުގައި މި ކޭސް ފެނިފައިވަނީ ވަނީ މި ހިނގާ އޮގަސްޓު މަހުގެ 5 ވީ އާދީއްތަ ދުވަހުއެވެ. އަދި މިއީ މިއީވެސް ރާއްޖެއިން ބޭރުން ބަލިޖެހިގެން ރިޕޯޓް ކުރެވިފައިވާ ފަރާތެއް ކަމަށް ހާމަކުރައްވައެވެ.

Ad
rt

އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ މި ކޭސް ފެނުމާއި ގުޅިގެން ކުރީ ފަހަރުތަކެކޭ އެއްފަދައިން ބަލި ފެތުރުމުގެ ފުރުސަތު ދެނެގަތުމުގެ މަސައްކަތް ފަށައި، އޭނާއާ ކޮންޓެކްޓުވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން ކަމަށެވެ. އަދި މި ކޭސް މޮނިޓަރކޮށް މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށާއި ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންތައްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަހަރުގެ ޖުލައި 25 ވަނަ ދުވަހު ވެސް ރާއްޖެއިން ވަނީ ހިމަބިހި ޖެހިފައިވާ މީހަކު ފެނިފައެވެ. ނަމަވެސް އެޗްޕީއޭ އިން ވިދާޅުވީ މި ކޭސް އާ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެނިފައިވާ މީސަލްސް ކޭސް އާ ގުޅުމެއް ހުރިކަމަށް މިހައިތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި އެކު ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުން އަދި ނޭފަތުން އަރިދަފުސް ފޭބުން ހިމެނެއެވެ. އަދި ލޯ ރަތްވުން ވެސް ހިމެނެއެވެ.

އެހެންކަމުން އެޗްޕީއޭ އިން ވަނީ އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލީ 2018 ވަނަ އަހަރުއެވެ. އެކަމަކު އޭގެ ފަހުން، ވެސް ރާއްޖެ އިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާިއރު، 2020 ވަނަ އަހަރާއި މީގެ ތިން މަސް ކުރިން އައްޑޫން ވެސް ހިމަބިއްސަށް ކުޑަކުއްޖަކު ވަނީ ޕޮޒިިވް ވެފައެވެ.