ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެވާހަކަ އިއުލާން ކުރުމަކީ މާނައެއް ނެތް ކަމެއް: މުފްތީ
ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެވާހަކަ އިއުލާންކޮށް، އާއިލާއާއި ރައްޓެހިންނާ ހަމައަށް އެވާހަކަތައް ގެންދިއުމުގެ މާނައެއް ނެތްކަމަށް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެ އެވެ. ”އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް” މި މައުޟޫއަށް ހޯމަ ދުވަހުގެރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އޮތް ދަރުހުގައި ތަޤްރީރުކުރައްވަމުން އޭނާ ވިދާޅުވީ ދިރިއުޅުމުގައި މައްސަލައެއް ޖެހޭއިރަށް އަނެކަކު ކުށްވެރިނުކޮށް މައްސަލަ ހައްލުކުރުމަށް އެކަކު އަނެކަކަށް މަސައްކަތްކުރަންޖެހެނީ އިޚްތިރާމާއިއެކު ކަ...