ތަމްރީނު ހަދަމުންދިޔަ ކަރެކްޝަންގެ އަންހެން އޮފިސަރަކު ނިޔާވެއްޖެ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ނިޔާވެފައިވަނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ ބޭސިކް ޓްރޭނިންގ ކޯސް ހަދަމުންދިޔަ ޓްރޭނީ އާމިނަތު ނަޝްވާ ނަސީމް (18 އަހަރު) ކަމަށެވެ.

Ad
rt

މި ހާދިސާ އާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާފުށީގައި ޓްރެއިނިންގ ހަދަމުންދިޔަ ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 11:15 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވީ އިތުރުފަރުވާއަށް މާލެ ގެނެސް، އައިޖިއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.