Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

"އެ ސަރުކާރު، މި ސަރުކާރު" ކިޔައިގެން ބަޖެޓު ސިޔާސީ ނުކުރޭ: ސަލީމް
Raajje

"އެ ސަރުކާރު، މި ސަރުކާރު" ކިޔައިގެން ބަޖެޓު ސިޔާސީ ނުކުރޭ: ސަލީމް

ހަރަދު ކުރެވޭނީ ދައުލަތަށް އާމްދަނީ ލިބޭވަރަކުން ކަމަށާއި ބަޖެޓް ސިޔާސީ ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އަންނައަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ނެވެ. ސަލީމް ވިދާޅުވީ މިއުޅެނީ “އެ ސަރުކާރު، މި ސަރުކާރު” ކިޔަން ނޫން ކަމަށާއި ހަރަދު ބޮޑުވީމާ އޭގެ ނޭދެވޭ އަސަރު ކުރާނީ އެންމެންނަށް ކަމަށެވެ. އަދި މިއީ ޖީއެސްޓީ ބޮޑުކުރަން އެންމެރަނގަޅު ވަގުތު ނޫންކަން […...

މަސްވެރިންނަށް ރަނގަޅު އަގު ލިބޭނެ ގޮތްތައް ހެދުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ސަރުކާރުން ދަނީ ކުރަމުން: ޑރ. ހުސައިން
Raajje

މަސްވެރިންނަށް ރަނގަޅު އަގު ލިބޭނެ ގޮތްތައް ހެދުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ސަރުކާރުން ދަނީ ކުރަމުން: ޑރ. ހުސައިން

ރާއްޖޭގެ މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގު ލިބޭނެ ގޮތްތައް ހެދުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ސަރުކާރުން ކުރަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާ ގައި ވާހަކަ ދައްކަވަމުން ނެވެ. ޑރ. ހުސައިން ވިދާޅުވީ އެންމެ މުހިއްމު ކަމަކީ ފޮރިން އިންވެސްޓްމެންޓްތަކުން އަމިއްލަ މީހުންނަށް ޖާގަ ދީ އެކަން ކުރެވޭނެ ގޮތް ހަދައިދިނުން ކަމަށެވެ. އަދި ސަރުކާރުން ގަސްތުކުރައްވާފައިވަ...

މިއަދުގެ އިރުއޮއްސުމާއި ހަމައަށް މޫސުން ގޯސްވާނެ، ސަމާލުވޭ!
Raajje

މިއަދުގެ އިރުއޮއްސުމާއި ހަމައަށް މޫސުން ގޯސްވާނެ، ސަމާލުވޭ!

މިއަދުގެ އިރުއޮއްސުމާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފި އެވެ. އެ އިދާރާއިން ނެރެފައިވާ މޫސުމީ ބްލެޓިންގ ގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރައްވާފައިވާއިރު، އެހެން ހިސާބުތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކ...

ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ފޯމަށް ބަދަލުތަކެއް
Raajje

ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ފޯމަށް ބަދަލުތަކެއް

ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ފޯމުގައި ހެކިންގެ ފިންގާ ޕްރިންޓް ޖަހާގޮތަށް ބަދަލު ގެނެސް އަމަލުކުރަން ފަށައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން މި ބަދަލު ގެނައީ އޮޅުވާލައިގެން، ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މައްސަލައަށް ހައްލެއް ގެނައުމާއި އެއްޕާޓީން އަނެއް ޕާޓީއަށް ނޭނގި ބަދަލުކުރުމުގެ މައްސަލަ ހައްލުކުރުމުގެގޮތުން ނެވެ. ޕާޓީއަށް ވެސް އަދި މީހާއަށް ވެސް ނޭނގި ޕާޓީތަކުގެ ދަފްތަރުގައި ނަން އޮތުމުގެ މައްސަލައަކީ ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް އުފެދުނީއްސުރެ ކުރަމުން އަންނަކަމެކެވެ. މި މަ...

ޒަކާތު ފަންޑުން ބޭސްފަރުވާއަށް މިއަހަރުގެ މިހައިތަނަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ
Raajje

ޒަކާތު ފަންޑުން ބޭސްފަރުވާއަށް މިއަހަރުގެ މިހައިތަނަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ

ބޭސްފަރުވާއަށް، މިއަހަރުގެ މިހައިތަނަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތު ފަންޑުން ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފި އެވެ. އެ މިނިސްޓްރީން ހާމަކުރެއްވި ފާއިތުވި 4 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، އެކުޖުމްލަ 49.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ބޭސްފަރުވާއަށް ހަރަދުކޮށްފަ އެވެ. އަދި އެ ފަންޑުން ބޭސްފަރުވާއަށް އެންމެގިނައިން ހަރަދުކޮށްފައި ވަނީ ވެސް މިއަހަރު އެވެ. އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ...

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
Raajje

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

މި މަހުގެ 12 ވަނަ ދުވަހު މާލެ އަތޮޅާއި އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި 14 މީހުންގެ ތެރެއިން ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ. ފުލުހުން ވިދާޅުވީ މި މީހުންގެ ތެރެއިން 5 މީހެއްގެ ބަންދަށް 15 ދުވަސް، 4 މީހެއްގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، 5 މީހެއްގެ މައްޗަށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ޢަމަުރުކޮށްފައި ކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 […]

މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ
Raajje

މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރައްވައިފި އެވެ. މަޖިލިސް އިދާރާ އިން ވިދާޅުވީ މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަދުވަހުގެ ކުރިން ބީލަން ހުށައަޅަންޖެހޭނެ ކަމަށެވެ. އަދި ޕްރީ ބިޑް މީޓިންގ އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ. މީގެ އިތުރުން ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އެ އިދާރާއިން ދީފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ އަދި ޕްރީބިޑް މީޓީންގއަށް އަ...

މިސަރުކާރުގެ ހިދުމަތް ރައްޔިތުން ބަލައިގަނޭ: މޫސަ
Raajje

މިސަރުކާރުގެ ހިދުމަތް ރައްޔިތުން ބަލައިގަނޭ: މޫސަ

ރަށްރަށުގައި ހިނގާ ތަރައްގީގެ މަސައްކަތްތަކާއި މިސަރުކާރުގެ ހިދުމަތް ރައްޔިތުން ބަލައިގަންނަކަމަށް މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާ އިން ގެނެސްދޭ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް އަތޮޅުތަަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަށްރަށުން އެމަންޒަރު ފެންނަކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުން ނުކުމެ ރައީސްއަށް މަރުހަބާ ދަންނަވާ ސަބަަބަކީ އެއީކަމަށެވެ. “ރައީސް ސާލިހު ރަށްރަށަ...

ނިރުފެހިގެ އަލިފާނުގެ ހާދިސާ: ހާލު ސީރިއަސްވި މީހާ ވޯޑަށް ބަދަލުކުރަނީ
Raajje

ނިރުފެހިގެ އަލިފާނުގެ ހާދިސާ: ހާލު ސީރިއަސްވި މީހާ ވޯޑަށް ބަދަލުކުރަނީ

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ވޯޑަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވިދާޅުވެއްޖެ އެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ އެމީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ވޯޑަށް ބަދަލުކުރާނެ ކަމަށެވެ. މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިނގި މި އަލިފާނުގެ ހާދިސާއަކީ، ރާއްޖޭގައި މިހައިތަނަށް އެންމެގިނަ މީހުން ނިޔާވި ހާދިސާ […]

ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މެންބަރުންނަށް ތިން ދުވަސް
Raajje

ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މެންބަރުންނަށް ތިން ދުވަސް

އަންނަ 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މެމްބަރުންނަށް ހުޅުވާލައިފި އެވެ. މެމްބަރުންނަށް އިސްލާހު ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އިސްލާހުތަކާއިއެކު މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސް ފަށާނެ އެވެ. އެއަށްފަހު ތަޅުމަށް ބަޖެޓު ކޮމިޓީގެ ރިޕޯޓް ހުށަހެޅުމަށްފަހު ބަޖެޓާއިމެދު މެމްބަރުންނަށް ބަހުސް ކުރުމަށް ހަތް މިނިޓްގެ ވަގުތެއް ދިނުމަށް މަޖިލީހުގެ ރިޔާސަތުން ނިންމާފައި ވެއެވެ. އަދި މި ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހު ބަޖެޓް ފާސް ކުރުމަށް ވަނީ އަމާޒު […...

ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރުހަލާއެއްގައި ފަސޭހަ ކަމެއް ނޫން: މެޑަމް ފަޒްނާ
Raajje

ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރުހަލާއެއްގައި ފަސޭހަ ކަމެއް ނޫން: މެޑަމް ފަޒްނާ

ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރްހަލާއެއްގައި ފަސޭހަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިފަދައިން ވިދާޅުވީ “ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް” އިފްޠިތާޙްކޮށްދެއްވާ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ފަޒުނާ ވަނީ މުޖުތަމައުގެ ތެރެއިން އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކޮށް އޭގެ މަންފާ އާއިއެކު، މި ޖަޒީރާގެ ދަރިން ތަރުބިއްޔަތުކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް ގޮވައިލައްވާ...

ރާއްޖޭގެ ކަލިނަރީ ދާއިރާއަކީ ޒުވާނުން ކުރިމަތިލާން ވަރަށް މުހިންމު ފަންނެއް: ރައީސް
Raajje

ރާއްޖޭގެ ކަލިނަރީ ދާއިރާއަކީ ޒުވާނުން ކުރިމަތިލާން ވަރަށް މުހިންމު ފަންނެއް: ރައީސް

ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވާވަރަކަށް، ކަލިނަރީ ފަންނުގެ ހުނަރުވެރިންނަށް ބޭނުންވާ މިންވަރުވެސް އަންނާނީ އިތުރުވަމުން ކަމަށާއި މިއީ ދިވެހި ޒުވާނުން ކުރިމަތިލާން ވަރަށް މުހިންމު ފަންނެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ކަލިނަރީ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން “ސީ.ޖީ.އެމް ޝެފްސް އެވޯޑްސް 2022” ގެ ނަމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ތައާރަފުކުރި މި ދާއިރާގެ ފުރަ...

13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހަ މީހުންގެ ބަންދަަށް 15 ދުވަސް
Raajje

13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހަ މީހުންގެ ބަންދަަށް 15 ދުވަސް

ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަަސްތުވާތަކެއްޗާއި ހަލައްކައަށް ވުރެ ގިނަ ރުފިޔާ އާއެކު ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން މިހައިތަނަށް އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވަ އެވެ. މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފައިވާކަން ހާމަކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިތަކެތި އަތުލައިގަތީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގ...

ޓެކްސް ބޮޑުކުރުމަށް އިދިކޮޅުން ދެކޮޅުހަދައި ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް: އަމީރު
Raajje

ޓެކްސް ބޮޑުކުރުމަށް އިދިކޮޅުން ދެކޮޅުހަދައި ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް: އަމީރު

ޓެކްސް ބޮޑުކުރުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުކަން ހާމަކޮށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޓެކްސް ބޮޑުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އިތިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރާ ކަމަށެވެ. އަމީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވަށައިޖެހޭ ޓެކްސް ނިޒާމެއް އެކުލަވާލައި، އިންކަމް ޓެކްސްއާއި ޖީއެސްޓީ އަދި ޓީޖީއެސްޓީ ނަގަންޖެހޭ ގޮތް އިސްލާހުކޮށްފައިވާ ކަމަށ...

"އާސްކް ސްޕީކަރ" ގެ 6 ވަނަ ޕްރޮގްރާމް އަންނަމަހު
Parliament

"އާސްކް ސްޕީކަރ" ގެ 6 ވަނަ ޕްރޮގްރާމް އަންނަމަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ “އާސްކް ސްޕީކަރ” ގެ 6 ވަނަ ޕްރޮގްރާމް އަންނަމަހު ބޭއްވުމަށް ނިންމަވައިފި އެވެ. މަޖިލީހުގެ އިދާރާ އިން ވިދާޅުވީ ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަވާ “އާސްކް ސްޕީކަރ” ޕްރޮގްރާމް އޮންނާނީ އަންނަ ޑިސެމްބަރ މަހުގެ 1 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 2:15 ގައި ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ 4 ވަނަ ފަންގިފިލާގައި ކަމަށެވެ. މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް، މަޖިލީހުގެ ރައީސް ވަގުތުން […]