މިއަދުގެ އިރުއޮއްސުމާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފި އެވެ.
އެ އިދާރާއިން ނެރެފައިވާ މޫސުމީ ބްލެޓިންގ ގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރައްވާފައިވާއިރު، އެހެން ހިސާބުތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރައްވާފައިވަނީ ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގަ އެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށާއި މެދުރާއްޖެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކުރައްވާފަ އެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ވެސް ވިދާޅުވި އެވެ.
މެޓް އޮފީހުން ވިދާޅުވީ ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!