ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރައްވައިފި އެވެ.

މަޖިލިސް އިދާރާ އިން ވިދާޅުވީ މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަދުވަހުގެ ކުރިން ބީލަން ހުށައަޅަންޖެހޭނެ ކަމަށެވެ. އަދި ޕްރީ ބިޑް މީޓިންގ އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

Ad
rt

މީގެ އިތުރުން ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އެ އިދާރާއިން ދީފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ އަދި ޕްރީބިޑް މީޓީންގއަށް އަންނަ ފަރާތްތަކަށް އެކަނި ކަމަށް ވެސް ވިދާޅުވި އެވެ.

ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީހަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ، ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު ކަމަށް ވެސް މަޖިލީހުން ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި މަޖިލީހުގެ ސަޔާއި، ކެއުމުގެ ހަރަދަށް 184 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅުއްވާފަ އެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް ބަޖެޓުން މަޖިލީހަށް ކަނޑައަޅާ ބަޖެޓުން ހަމަޖައްސަވާ ކަމެކެވެ.