Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ''ސްޓާފް ނައިޓް'' ބާއްވައިފި، މޭޔަރުގެ ތައުރީފް މުވައްޒަފުންނަށް
Raajje

މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ''ސްޓާފް ނައިޓް'' ބާއްވައިފި، މޭޔަރުގެ ތައުރީފް މުވައްޒަފުންނަށް

ކައުންސިލްގެ މުވައްޒަފުންނަކީ ހަމަ އެކަނި މުވައްޒަފުންނޫން ކަމަށާއި އެއީ ވަރުގަދަ ފަހުލަވާނުންތަކެއް ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ސްޓާފް ނައިޓް ގައި ވާހަކަ ދައްކަވަމުން ނެވެ. މުއިއްޒު ވިދާޅުވީ މާލެ ސިޓީގައި ރަށްވެހިކަމުގެ ހިދުމަތް ދިނުމުގައި ރެއާދުވާލު އަވަދިނެތި އެއްވެސް ވަރުބަލިކަމެއްނެތި ވަރަށް ހިތްވަރާއިއެކުމަސައްކަތް ކުރަމުންދާ ހާދިމުންތަކެއް ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި...

ފާއިތުވި 4 އަހަރު ބ. އަތޮޅު ހޮސްޕިޓަލަށް ބޮޑު ކުރިއެރުންތަކެއް ވަނީ ލިބިފައި: ރަޝީދު
Raajje

ފާއިތުވި 4 އަހަރު ބ. އަތޮޅު ހޮސްޕިޓަލަށް ބޮޑު ކުރިއެރުންތަކެއް ވަނީ ލިބިފައި: ރަޝީދު

ފާއިތުވި 4 އަހަރު ބ. އަތޮޅު ހޮސްޕިޓަލަށް ބޮޑު ކުރިއެރުންތަކެއް ވަނީ ލިބިފައި ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސަރވިސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ. “ތިލަދުން” އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލަށް ވަރަށްބޮޑެތި ކުރިއެރުންތަކެއް ފާއިތުވި 4 އަހަރު ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުން، ދަރަޖަ 2 ގެ ހުރިހައި ހިދުމަތެއް މިހާރު ލިބޭނެކަން އޭނާ ވަނީ […]

ތުއްތު ދަރިން ގޮވައިގެން ރާއްޖޭގެ ގައުމީ ޓީމެއް ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުގެ ތަމްރީނުތަކަށް
Raajje

ތުއްތު ދަރިން ގޮވައިގެން ރާއްޖޭގެ ގައުމީ ޓީމެއް ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުގެ ތަމްރީނުތަކަށް

ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ޓްރެއިނިންގ ކޭމްޕަކަށް ސައުދީ އަރަބިއްޔާ އަށް ފުރައިފި އެވެ. މި ޓީމު އެ ގައުމަށް ޓްރެއިނިންގ އަށް ފުރީ އެ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންގެ ތުއްތު ކުދިންނާ ވެސް އެކުގަ އެވެ. މީގެ ކުރިން މިފަދަ ޓީމުތައް ދާއިރު، ހަމައެކަނި ކުޅުންތެރިންނާއި އޮފިޝަލުންނަށް ދެވުނު ނަމަވެސް، މިއީ ތުއްތު ކުދިން ގޮވައިގެން ދާ ފުރަތަމަ ފަހަރެވެ. ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގައުމީ ޓީމުތަކަށް […]

ހަރުކަށި ފިކުރު ފެތުރިޔަނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން: މާރިޔާ
Raajje

ހަރުކަށި ފިކުރު ފެތުރިޔަނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން: މާރިޔާ

ހަރުކަށި ފިކުރު ފެތުރިޔަނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ދިފާއީ ވަޒީރު އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އައްޑޫ ސިޓީ ގަމުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އައްޑޫ ސިޓީ އާއި މާލެ އަތޮޅުގައި ކައުންޓާ ޓެރަރިޒަމާއި ދެކޮޅަށް މިހައިތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށެވެ. މާރިޔާ ވަނީ މުޖުތަމައުގައި މިފަދަ ނުރައްކާތައް […]

ގައުމީ ދާރުލްއާސާރަށް 70 އަހަރު، ހިލޭ ވަނުމުގެ ފުރުސަތު މިއަދު
Raajje

ގައުމީ ދާރުލްއާސާރަށް 70 އަހަރު، ހިލޭ ވަނުމުގެ ފުރުސަތު މިއަދު

ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން މިއަދުގެ ވަކި ވަގުތެއްގައި އެތަނަށް ހިލޭ ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާ އިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން ނޮވެންބަރު 26 ވާ ހޮނިހިރު ދުވަހު (މިއަދު( އެއްވެސް އަގަކާ ނުލައި ގައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ ފުރުސަތު އޮންނާނީ މިއަދު ހެނދުނު 10:00 ން ހަވީރު 6:00 އަށް […]

ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
Raajje

ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ދަބަހުގައި ބޮމެއް އޮތް ކަމަށް އެމީހާ ބުނީ ހުޅުމާލޭ ބީޗް ކްލަބަށްވަދެ ކަމަށެވެ. އާންމުން މީހަކު ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. މީގެ އިތުރުން މިކަމާއި ގުޅިގެން ބަލަންޖެހޭ […]

އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން ނަފްސު ރައްކާތެރިކުރުމަށް އިސްލާމް ދީން ބާރުއަޅާ: ހުތުބާ
Raajje

އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން ނަފްސު ރައްކާތެރިކުރުމަށް އިސްލާމް ދީން ބާރުއަޅާ: ހުތުބާ

އިސްލާމް ދީނަކީ އިންސާނާ މާތްކުރައްވާ އޭނާގެ ނަފުސު ރައްކާތެރި ކުރެއްވި ދީން ކަމަށާއި އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން އޭނާގެ ނަފުސު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އިސްލާމް ދީން ވަނީ ބާރު އަޅުއްވާފައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ. “އަމިއްލަ ނަފުސު އިސްލާހުކުރަން އިސްކަން ދޭށެވެ.” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާ ގައި ވަނީ ހާއްސަކޮށް އެއްވެސް ހައްގަކާއި ނުލާ ތިމާގެ މުސްލިމު އަޚާގެ ނަފުސުގެ ކަރާމާތާއި އިއްޒަތް ނަގައިނުލުމަށް އިސްލާމް ދީން […]

ނިރުފެހިގޭ އަލިފާނުގެ ހާދިސާ: ވަގުތީ ބޯހިޔާވަހިކަމުގައި އެއްވެސް އާއިލާއެއް މިހާރަކު ނެތް
Raajje

ނިރުފެހިގޭ އަލިފާނުގެ ހާދިސާ: ވަގުތީ ބޯހިޔާވަހިކަމުގައި އެއްވެސް އާއިލާއެއް މިހާރަކު ނެތް

މި މަހު 9 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާނުގެ ސަބަބުން ވަގުތީ ހިޔާ ތަކަށް ގެންދިޔަ މީހުންގ ެތެރެއިން އެއްވެސް މީހަކު މިހާރު ވަގުތީ ހިޔަލުގައި ނުތިބޭނެ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެ އެވެ. އެ އޮތޯރިޓީން ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަމަށް 29 މީހަކު ގެންދިޔަ ކަމަށާއި މީގެތެރޭގައި އެ ސަރަޙައްދުގެ 6 ގޭބިސީއަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށެވެ. އެއީ އަލިފާނުގެ ހާދިސާ ހިނގި މ. […]

ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ: މިޢުވާން
Raajje

ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ: މިޢުވާން

ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ކޮންމެ ހަފުތާއެއްގެ ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރީ ސަރުކާރުން މި ހިންގަމުން ދާ މަޝްރޫއުތަކާއި ރައްޔިތުންނަށްދޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އިގްތިސޯދު މެނޭޖުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން މި ނ...

ފުޅާ ދާއިރާއެއްގައި ސައްހަނޫން ޑޮލަރުން ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފި
Raajje

ފުޅާ ދާއިރާއެއްގައި ސައްހަނޫން ޑޮލަރުން ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފި

ފުޅާ ދާއިރާއެއްގައި ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ކުރަމުންދިޔަ ދެ ދިވެހިން ހައްޔަރު ކޮށްފި އެވެ. ފުލުހުން ވިދާޅުވީ އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި މިއީ ފުޅާ ދާއުރާއެއްގައި ވަގު ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ދެ މީހުން ކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ ގެ ވަގުތެއްގައި ހުޅުމާލެއިން ކަމަށް […]

އެމްބޯލޯ ގެ ގޯލާއެކު ސްވިޒަލެންޑަށް ހަނި މޮޅެއް
Sports

އެމްބޯލޯ ގެ ގޯލާއެކު ސްވިޒަލެންޑަށް ހަނި މޮޅެއް

ގަތަރުގައި މިހާރުކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީ ގައި މިއަދު ހަވީރު ކުޅުނު މެޗު ސްވިޒަލެންޑުން ކާމިޔާބު ކޮށްފި އެވެ. ކެމަރޫން އާ ބައްދަލުކޮށް އެޓީމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިން ނެވެ. މި މެޗުގެ ހަމައެކަނި ލަނޑު 48 ވަނަ މިނިޓުގައި ބްރީލް އެމްބޯލޯ ޖަހައިދިނީ، ޝަގީރީ އޭރިޔާ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ސްވިޒަލެންޑުން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް ރަނގަޅު ހަމަލާތަކެއް […]

ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ފަށައިފި
Raajje

ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުން ޑައިލިސިސް ހިދުމަތް ދޭން ފަށައިފި އެވެ. ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކޮށް އަތޮޅު ތެރޭގައި މި ހިދުމަތް ފުޅާ ކުރުމަކީ ސަރުކާރުގެ ސިޔާސަތަކަށްވާއިރު، ސަރުކާރުން ގެންދަވަނީ އެ މަސައްކަތް ކުރައްވަމުން ނެވެ. އެގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ދިނުމަށް ހާއްސަ އިމާރާތެއް އަޅާފައިވަނީ މިއަހަރު އެވެ. އަދި މިއަހަރުގެ ތެރޭގައި މި ހިދުމަތް ދިނުމަށް ވަމުން އައި ތައްޔާރީތަކަށް ކުޑަލަސްކަމެއް އައީ އެކަމަށް ބޭނުންވާ […]

އުއްޗުގެ އުފަން ދުވަސް ފާހަގަ ކުރުމަށް ލަވަ ކިޔުންތެރިޔާ ފާއިޒު ރާއްޖެއަށް އަންނަނީ
Raajje

އުއްޗުގެ އުފަން ދުވަސް ފާހަގަ ކުރުމަށް ލަވަ ކިޔުންތެރިޔާ ފާއިޒު ރާއްޖެއަށް އަންނަނީ

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަން ދުވަސް ފާހަގަ ކުރުމަށް އިންޑިއާގެ ޒުވާން ލަވަ ކިޔުންތެރިޔާ ފާއިޒު ރާއްޖެއަށް އަންނަގޮތަށް ހަމަޖެހިއްޖެ އެވެ. އިންޑިއާގެ ސޮނީ ޓީވީ އިން ގެނެސްދޭ ރިއާލިޓީ ޝޯވ، ސްޕަރ ސްޓާރ ސިންގަރ ސީޒަން 2 ގެ އެއްވަނަ ހޯދި ފާއިޒު ވަނީ ސޯޝަލް މީޑިއާ ގައި އެކަން ހާމަކޮށްފަ އެވެ. ފާއިޒު ބުނެފައިވަނީ މި ފުރުސަތު ދިން ކަމަށްޓަކައި އުއްޗުއަށް ޝުކުރުއަދާކުރާ ކަމަށާއި މިހުރީ […]

ހައިކޯޓާއި ކްރިމިނަލް ކޯޓު، އަންނަ މަހު ރިސެސް އަށް ދަނީ
Raajje

ހައިކޯޓާއި ކްރިމިނަލް ކޯޓު، އަންނަ މަހު ރިސެސް އަށް ދަނީ

ހައި ކޯޓާއި ކްރިމިނަލް ކޯޓު، އަންނަ ޑިސެމްބަރ މަހު ރިސެސް އަށް ދާން ނިންމައިފި އެވެ. ހައިކޯޓުން ވިދާޅުވެފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރިސެސްއަށް ދިއުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަކާއި ހުކުމްކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އަދި އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަައްލ...

ރަށްރަށާ މާލެއާ އަޅާ ކިޔާ އިރު، މާލެއަށް ކޮށްދޭ ކަންކަން މާގިނަ: ރާއީ
Raajje

ރަށްރަށާ މާލެއާ އަޅާ ކިޔާ އިރު، މާލެއަށް ކޮށްދޭ ކަންކަން މާގިނަ: ރާއީ

ރަށްރަށާ މާލެއާ އަޅާ ކިޔާ އިރު، މާލެއަށް ކޮށްދޭ ކަންކަން މާ ގިނަ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއި ވިދާޅުވެއްޖެ އެވެ. އިއްޔެގެ މަޖިލިސް ޖަލްސާގައި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ ހައުސިންގ ޔުނިޓުތަކާއި ބްރިޖާއި އަޅާބާލައިރު، ރާއްޖެތެރެއާ މާލެއާ ކޮމްޕެއާ ކޮށްލާ އިރު، މިއޮށްދިޔަ އެތައް އަހަރަކާ ބަލާއިރު، މާލެއަށް ކޮށްފަ ހުރި ކަންތައްތައް މާގިނަ ކަމަށެވެ. އެހެންވީމަ އެއްވެސް މެމްބަރަކަށް ”ރާއްޖެތެރެއާ މާލެއާ ކޮމްޕެއާ ނުކުރެވޭނެ” ކަމަށް ވެސް ވިދާޅުވި […]