Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން މަނަދޫއަށް ކަރަންޓު ދީފި
Raajje

މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން މަނަދޫއަށް ކަރަންޓު ދީފި

މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން ނ. މަނަދޫއަށް އަލުން ކަރަންޓު ދީފި އެވެ. އެރަށުން ކަރަންޓު ކެނޑުނީ ރޭ ދަންވަރު 03:30 ޖަހާކަންހާއިރު އެވެ. މުޅި ރަށް އަލުން ކަރަންޓު ދީފައިވަނީ މިއަދު 04:30 ހާއިރު އެވެ. ރެއިން ފެށިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މައިކޭބަލަކަށް ދިމާވި މައްސަލަ އަކާއި ގުޅުގެން ނެވެ. މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިގެ ފަރާތުން ކުރަމުން އަންނަކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ. “ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މައި ކޭބަލަށް […]

މިދިޔަ ނޮވެމްބަރުމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 15 އިންސައްތަ އިތުރު
Business

މިދިޔަ ނޮވެމްބަރުމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 15 އިންސައްތަ އިތުރު

މިދިޔަ ނޮވެމްބަރ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ މި ދުވަސްވަރާއި އަޅާބަލާއިރު 15 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވެއްޖެއެވެ. ކަސްޓަމްސް އިން އާންމުކުރެއްވި ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 4 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މިއަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 4.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ. މިއީ 15 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ މަހު ރާއްޖެއަށް އެންމެ...

ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެ
Raajje

ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެ

މާލޭގެ މާފަންނު ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ގެންދިޔަ މީހާ ނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ދާދީ ދެންމެ ވިދާޅުވީ އެމީހާ ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން އެ އިދާރާއަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެއް ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ އައިޖީއެމްއެޗަށް ގެންދިޔައީ މިއަދު ހެނދުނު އެވެ. ފާހާނާއަށް ވަތް މީހަކު ނުނިކުމެގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް [...

ކޮރަޕްޝަނަށް މަގުފަހި ނުވާނޭގޮތް ހެދުމަށް އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުކުރަނީ
Raajje

ކޮރަޕްޝަނަށް މަގުފަހި ނުވާނޭގޮތް ހެދުމަށް އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުކުރަނީ

ކޮރަޕްޝަނަށް މަގުފަހި ނުވާނޭގޮތް ހެދުމަށް އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން މިކަން ހާމަކުރައްވައި، ނެރުއްވި އިއުލާނެއްގައި ވަނީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރާ އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު މިއަދުން ފެށިގެން އާންމުކުރަން ހަމަޖެހިފައިވާ ކަމަށެވެ. މިއީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރާ އުޅަނދުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުންނާއި ކޮރަޕްޝަނަށް މަގުފަހި ނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި...

މޫސުމަށް ސަމާލުވޭ، މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް މުސުން ގޯސްވާނެ
Raajje

މޫސުމަށް ސަމާލުވޭ، މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް މުސުން ގޯސްވާނެ

ރާއްޖޭގެ އެކި ހިސާބަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހާމަކުރައްވައިފި އެވެ. އެ އިދާރާ އިން މިކަން ހާމަކުރެވީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް ނެރެފައިވާ މޫސުމީ ބްލެޓިންގ ގަ އެވެ. އޭގައިވާގޮތުން ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކުރައްވާފަ އެވެ. އަދި އެހެން ހިސާބުތަކަށް ވައިޖެހޭނެ ކަމަށް ލަފާ ކުރައްވާފައިވަނީ ގަޑިއަކު އަށް މޭލާއި 18 […]

ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ
Raajje

ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާފަންނަނުގައި ހުންނަ ގެއެއްގެ ފާހާނާގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ކުރީ ހެނދުނު 9:14 ގައި ކަމަށެވެ. ފާހާނާއަށް ވަތް މީހަކު ނުނިކުމެގެން ރިޕޯޓު ލިބުމުން ފުލުހުން ގޮސްގެން ފާހާނާ ދޮރު ހަލާކު ކޮށްލައިގެން ވަތް އިރު، އެމީހާ އޮތީ ވެއްޓިފައި ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ފުލުހުން އެމީހާ ނަގައިގެން […]

އެފްކޮންސް ކުންފުނިން މީގެ ކުރިން ކަނޑު ހުރަސްކޮށް ބްރިޖެއް އަޅައިފައެއް ނުވޭ: ސައީދު
Raajje

އެފްކޮންސް ކުންފުނިން މީގެ ކުރިން ކަނޑު ހުރަސްކޮށް ބްރިޖެއް އަޅައިފައެއް ނުވޭ: ސައީދު

ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން މީގެ ކުރިން ކަނޑު ހުރަސްކޮށް ބްރިޖެއް އަޅައިފައި ނުކަމަށް ބުނެ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލުމަށް މި ސަރުކާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏަށް ނުކުރެވޭނެ ކަމަށެވެ....

ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވާތީ ޑީއާރްޕީ އުވާލަން ނިންމައިފި
Raajje

ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވާތީ ޑީއާރްޕީ އުވާލަން ނިންމައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. އެ ކޮމިޝަނުން ވިދާޅުވީ ގާނޫނީ އަދަދަށް ބޭނުންވާ 3،000 މެންބަރުން ހަމަނުވާ ކަމަށާއި އެހެންވެ، ޑީއާރްޕީ އުވާލަން އެ ކޮމިޝަންގެ އާއްމު ޖަލްސާގައި ނިންމާފައިވާ ކަަމަށެވެ. ޑީއާރްޕީގައި ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވާތީ، މެމްބަރުން ހަމަކުރުމަށް ތިން މަސްދުވަހުގެ ނޯޓިސްއެއް، މިިދިޔަ ޖުލައި 25 ވަނަ ދުވަހު ދީފައިވާ ކަމަށާއި އެހެންނަމަވެސް، އެ މުއްދަތުގައި ވެސް  ގާނޫނީ އަދަދަށް މެމްބަރުން ހަމަވެފައި ނުވާ ކަމަށް […]

ޕޮލިސް ބޯޑުގެ މެންބަރު ކަމަށް ކުރީގެ ސީޕީ ފަސީހް
Raajje

ޕޮލިސް ބޯޑުގެ މެންބަރު ކަމަށް ކުރީގެ ސީޕީ ފަސީހް

ޕޮލިސް ބޯޑުގެ މެންބަރު ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ފަސީހް އައްޔަންކޮށްފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ބޯޑަށް ފަސީހް އައްޔަންކޮށްފައިވަނީ ބޯޑުގެ ރައީސްގެ ގޮތުގައި ހުންނެވި މއ. މަނާގެ، އަލީ ފާއިޒު, ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް އައްޔަންކުރެއްވުމުން ނެވެ. އަލީ ފާއިޒަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު އެވެ. ޕޮލިސް ބޯޑުގެ މެންބަރު ކަމުން އަލީ ފާއިޒު، […]

ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި، ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ތައްޔާރުވަނީ
Raajje

ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި، ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ތައްޔާރުވަނީ

ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނެސްފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ނިޝމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އޭނާގެ މަރުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ. މި މައްސަލާގެ ތަފްސީލު ފުލުހުން މިހައިތަނަށް […]

މިފްކޯ އިން ލޮނުމެދު މަސްދަޅާއި، ވަޅޯމަސް މަސްދަޅު ބާޒާރަށް ނެރެފި
Business

މިފްކޯ އިން ލޮނުމެދު މަސްދަޅާއި، ވަޅޯމަސް މަސްދަޅު ބާޒާރަށް ނެރެފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައު ދެ އުފެއްދުމެއް ބާޒާރަށް ނެރެފި އެވެ. އެ ކުންފުނީގެ އައު އުފެއްދުންތައް ބާޒާރަށް ނެރެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ގދ. ފަރެސްމާތޮޑާގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ރައީސް ސާލިހެވެ. މިފްކޯއިން އަލަށް ބާޒާރަށް ނެރެފައިވަނީ ފަސްމީރު ބްރޭންޑްގެ މަސްދަޅުގެ ލޮނުމެދު މަސްދަޅާއި، ވަޅޯމަސް މަސްދަޅެވެ. އެ ކުންފުނިން ވިދާޅުވީ ލޮނުމެދު މަސްދަޅަކީ، ގިތެޔޮމިރުސް މަސްދަޅާއި، ހިކިމިރުސް މަސްދަޅެކޭ އެއްގޮތަށް މަސްދަޅުގައި ލ...

ފަރެސްމާތޮޑާ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
Raajje

ފަރެސްމާތޮޑާ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ގދ. ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މާލެ ވަޑައިގެންފި އެވެ. އެމަނިކުފާނު، އެރަށަށް ވަޑައިގެންނެވީ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ފަރެސްމާތޮޑާއަށް ވަޑައިގެންނެވީ، އާދީއްތަ ދުވަހުގެ މެންދުރު އެވެ. މިދަތުރުފުޅުގައި ފަރެސްމާތޮޑާ ކައުންސިލާއި އ.ތ.މ ކޮމިޓީއާއި ހުވަދޫ ސްކޫލުގައި ފަރެސްމާ...

މަސްވެރިންގެ ޝަކުވާތަކަށް ތަސައްލީއެއް ލިބެން ވަގުތުކޮޅެއް ނަގާނެ: ޑރ. ހުސައިން
Raajje

މަސްވެރިންގެ ޝަކުވާތަކަށް ތަސައްލީއެއް ލިބެން ވަގުތުކޮޅެއް ނަގާނެ: ޑރ. ހުސައިން

މަސްވެރިކަން ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އެޅިޔަސް، މަސްވެރިންގެ ޝަކުވާތަކަށް ތަސައްލީއެއް ލިބެން ވަގުތުކޮޅެއް ނަގާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. ވަޒީރު ވަނީ މަހުގެ ކޮލިޓީ އަދިވެސް ނިސްބަތުން ދަށްވުމުން މަސްވެރިކަމުން ހަމަ އަގު ހޯދަން ރޯ މެޓީރިއަލްގެ ގޮތުގައި މަސް އެކްސްޕޯޓުކުރާ ވަރު މަދުކުރުން...

ރާއްޖޭގައި އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑު: ހެލްތު މިނިސްޓަރު
Raajje

ރާއްޖޭގައި އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑު: ހެލްތު މިނިސްޓަރު

ރާއްޖޭގައި އެޗްއައިވީ ޖެހޭ މީހުން މަދުނަމަވެސް، މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. ގއ. ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގައި ކުރެވިފައިވާ ދިރާސާތަކުން ފެންނަން އެބަހުރި ކަމަށާއި އެޗް.އައި.ވީ އާއި ދާދި އެއްގޮތަށް ފެތުރޭ އެހެން ބަލިތައް ވެސް ރާއްޖެއިން ފެންނަމުންދާކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް އެޗް.އައި.ވީ ހެ...

ހިރިމަރަދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ ފަށައިފި
Thiladhunmathi News

ހިރިމަރަދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ ފަށައިފި

ހދ. ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ. އެއް އަހަރުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 8,752,398.95 (އަށް މިލިއަން ހަތްލައްކަ ފަންސާސް ދެހާސް...