ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާފަންނަނުގައި ހުންނަ ގެއެއްގެ ފާހާނާގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ކުރީ ހެނދުނު 9:14 ގައި ކަމަށެވެ.
ފާހާނާއަށް ވަތް މީހަކު ނުނިކުމެގެން ރިޕޯޓު ލިބުމުން ފުލުހުން ގޮސްގެން ފާހާނާ ދޮރު ހަލާކު ކޮށްލައިގެން ވަތް އިރު، އެމީހާ އޮތީ ވެއްޓިފައި ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުން އެމީހާ ނަގައިގެން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި އެވެ. އެމީހާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އެއީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!