ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނެސްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ނިޝމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

Ad
rt

އޭނާގެ މަރުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ.

މި މައްސަލާގެ ތަފްސީލު ފުލުހުން މިހައިތަނަށް ހާމަކުރައްވާއެއް ނުވާއިރު، ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާލާނެ ދުވަހެއް ފުލުހުން އަދިހާމަކޮށްފައެއް ނުވެއެވެ.

ކޯޓު އަމުރެއްގެ ދަށުން، ފައިސަލް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި ހުއްޓައި، މިދިޔަ ހޮނިހިރު ދުވަހު އެވެ.

މަރުވެފައި އޮތްވާ ފެނުނު ނިޝާމާގެ ތިން ކުދިން ތިބެއެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ މައިންބަފައިންނާއެކުގައި ކަމަށްވުމުން ކުދިން މިހާރު ތިބީ އާއިލާގެ ގާތުގަ އެވެ.