މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައު ދެ އުފެއްދުމެއް ބާޒާރަށް ނެރެފި އެވެ.
އެ ކުންފުނީގެ އައު އުފެއްދުންތައް ބާޒާރަށް ނެރެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ގދ. ފަރެސްމާތޮޑާގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ރައީސް ސާލިހެވެ.
މިފްކޯއިން އަލަށް ބާޒާރަށް ނެރެފައިވަނީ ފަސްމީރު ބްރޭންޑްގެ މަސްދަޅުގެ ލޮނުމެދު މަސްދަޅާއި، ވަޅޯމަސް މަސްދަޅެވެ.
އެ ކުންފުނިން ވިދާޅުވީ ލޮނުމެދު މަސްދަޅަކީ، ގިތެޔޮމިރުސް މަސްދަޅާއި، ހިކިމިރުސް މަސްދަޅެކޭ އެއްގޮތަށް މަސްދަޅުގައި ލޮނުމެދު ހިމަނައިގެން އުފައްދާފައިވާ ރަހަމީރު އުފެއްދުމެއް ކަމަށެވެ. މިއީ ބަތާއި އެއްކޮށް، އަދި ފާސްތާއާއި ނޫޑްލްސް ފަދަ ތަކެތި ވެސް ތައްޔާރުކުރުމަށް ވެސް ބޭނުން ކުރެވޭނެ މަސްދަޅެއް ކަމަށެވެ..
ފަރެސްމާތޮޑާގައި ކުރިއަށްދިޔަ މަސްވެރިންގެ އެކްސްޕޯގައި މި މަސްދަޅު ރަހަ ބަލާލުމަށް އާންމުކޮަށް ހުޅުވައިލިއިރު،، އާންމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މިފްކޯ އިން ވިދާޅުވެ އެވެ.
އެގޮތުން އެ ކުންފުނިން އުފައްދާ މަސްދަޅެއްގެ ތެރެއިން އެންމެ މީރީ ލޮނުމެދު މަސްދަޅުކަމަށް ގިނަ ބަޔަކު ބުނެފައިވާކަމަށް މިފްކޯއިން ވިދާޅުވި އެވެ.
ދެވަ އުފެއްދުމަކީ ވަޅޯމަސް މަސްދަޅެވެ. މިއީ ގިނަ ދުވަހު ހަލާކުނުވެ ހުންނަ، ވަގުތުން ބޭނުންކޮށްލެވޭ މަސްދަޅެކެވެ. އަދި މި އުފެއްދުމަކީ ސިއްހަތައް ރަނގަޅު އުފެއްދުންތަކުގެ ތެރޭގައި ހިމަނައި ޒައިތޫނި ތެލުގައި ބަންދުކޮށްގެން ނެރުނު ބާވަތެއް ކަމަށް މިފްކޯ އިން ވިދާޅުވެ އެވެ.
އެ ކުންފުނީގެ އަމާޒަކީ ދިވެހިން ބާނާ މަހުގެ އުފެއްދުންތައް ދިވެހިވަންތަ ގޮތެއްގައި ބާޒާރަށް ތައާރަފްކުރުން ކަމަށާއި އެގޮތުން އަލަށް ނެރުނު ދެ ބާވަތަކީ ވެސް ދުނިޔެ ގަބޫލުކުރާ މިންގަނޑުގެ ފެލިވަރު ކޭނަރީގައި އުފައްދައި ރަނގަޅު އަގެއްގައި ދިވެހިންނަށް ގެނެސްދޭ ޕްރިމިއަމް އުފެއްދުމެއް ކަމަށް ވެސް މިފްކޯ އިން ވިދާޅުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!