މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން ނ. މަނަދޫއަށް އަލުން ކަރަންޓު ދީފި އެވެ.

އެރަށުން ކަރަންޓު ކެނޑުނީ ރޭ ދަންވަރު 03:30 ޖަހާކަންހާއިރު އެވެ. މުޅި ރަށް އަލުން ކަރަންޓު ދީފައިވަނީ މިއަދު 04:30 ހާއިރު އެވެ.

Ad
rt

ރެއިން ފެށިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މައިކޭބަލަކަށް ދިމާވި މައްސަލަ އަކާއި ގުޅުގެން ނެވެ. މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިގެ ފަރާތުން ކުރަމުން އަންނަކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ.

"ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މައި ކޭބަލަށް ލިބުނު ގެއްލުމަކާއި ގުޅިގެން. ވީހާވެސް އަވަހަކަށް އެކަން ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން."

ފެނަކަ މަނަދޫ ބްރާންޗުން މީގެ ކުރިން ވިދާޅުވި އެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުލްރަޙްމާން ސަބީޙް "ތިލަދުން" އަށް ވިދާޅުވީ ކަރަންޓު ކެނޑެން ދިމާވީ، މީގެ ކުރިން އާ އިންޖީނުގެ ސަރަހައްދުގައި މަސައްކަތެއް ކުރަމުން ދަނިކޮށް މައިކޭބަލަކަށް ގެއްލުން ލިބިފައިވާ ތަނަކަށް ވިއްސާރަވެ ފެން އެޅިގެން ކަމަށެވެ.

މައިކޭބަލް ހަލާކުވުމުން 100 އެއްހާ ގެއިން ގިނަ އިރުތަކަކަށް ކަރަންޓުގެ ޚިދުމަތް ކެޑިފައިވުމުން މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފަށް މައާފަށް އެދޭ ކަމަށް އެރަށު ފެނަކަ ބުރާންޗުން ވިދާޅުވި އެވެ.

މައްސަލަ ހައްލުކޮށް ޚިދުމަތް އަލުން ދިނުމަށް ފެނެކަ މަނަދޫ ބުރާންޗުގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ކައުންސިލުން ޝުކުރު އަދާކުރާކަމުގައި އަބްދުލްރަޙްމާން ސަބީޙް ވިދާޅުވި އެވެ.