Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެކަކު ބަންދަށް، ދެންތިިބި މީހުންނަށް 30 ދުވަސް
Raajje

13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެކަކު ބަންދަށް، ދެންތިިބި މީހުންނަށް 30 ދުވަސް

ދިވެހި ފުލުހުންގެ ހިދުމަތުން މިދިޔަ ނޮވެމްބަރު މަހު މާލެ ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޢަމުރުކޮށްފި އެވެ. ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީ، މިމައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ހަމަވެ، މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ނެވެ. އެ މައްސަލައިގާ ޖުމުލް ހަ މީހުން ހައްޔަރުކޮށްފައިވާއިރު، ދެންތި...

ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް، ޑާވިން ކެފޭއިން ހާއްސަ ޑިސްކައުންޓެއް
Raajje

ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް، ޑާވިން ކެފޭއިން ހާއްސަ ޑިސްކައުންޓެއް

ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ސްކީމެއް ޑާވިން ކެފޭއިން ތައާރަފުކޮށްފި އެވެ. މި ކެފޭ ވަނީ އެފަދަ ފަރާތްތަކަށް ފަސޭހައިން ވަދެ ނުކުމެ އުޅެވޭ ގޮތަށް ފަރުމާ ކޮށްފައެވެ. އަދި ފާހަނާތައް ވެސް ހުންނާނީ އެ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަކަށް ފަރުމާކޮށްފަ އެވެ. ނުކުޅެދޭ މީހުންނަށް ދޫކުރާ ޕީޑަބްލިޔުޑީ ކާޑު އޮންނަ މީހުންނަށް، އެ މީހުން ހޯދާ ހިދުމަތްތަކުން، ފަސް ޕަސެންޓްގެ ޑިސްކައުންޓެއް މި ސްކީމުން ލިބޭއިރު، އެމީހުންގެ އާއިލާއާއި ރަހުމަތްތެރިންނަށް ވެސް، ކެފޭގައި ތިބެގެން […]

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް، ފަރެސްމާތޮޑާއަށް
Raajje

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް، ފަރެސްމާތޮޑާއަށް

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފަރެސްމާތޮޑާއަށް ފުރާވަޑައިގެންފި އެވެ. ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެރަށުގައި ކުރިޔަށް ގެންދާ ހަރަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު އެވެ. ރައީސްގެ މި ދަތުރުފުޅުގައި މިއަހަރު މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެރަށުގައި ކުރިޔަށްދާ އެކިއެކި ހަރަކާތްތައް ބައްލަވައިލައްވާނެ އެވެ. މިގޮތުން މަސްވެރިންގެ ދުވަހާއި ގުޅ...

ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިޔަވެއްޖެ
Thiladhunmathi News

ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިޔަވެއްޖެ

މާލެ ސިޓީ އިން ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި ދިޔަވެއްޖެ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ދިޔަވެ އަޑިއަށް ގޮސްފައިވަނީ ކައްކާ ގޭހާއި ހިލަވެލި ހިފައިގެން ދަތުރުކުރި “އައިޝަމް” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްކަމަށެވެ. “ހައިޝަމް” ދޯނި ދިޔަވެ އަޑިއަށް ގޮސްފައިވަނީ ށ. ބޮޑުޅައިމަންދޫ ކައިރިއަށެވެ. އެމްއެންޑީއެފްއަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ، މިއަދު 11:13 ހާއިރު އެވެ. އެއާއިއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް […...

''ފެހި ފަހި މާޅޮސް ކައުންސިލް މަސްރޭސް'' ބާއްވައިފި
Raajje

''ފެހި ފަހި މާޅޮސް ކައުންސިލް މަސްރޭސް'' ބާއްވައިފި

ބ. މާޅޮހު ކައުންސިލުން އިންތިޒާމު ކޮށްގެން ”ފެހި ފަހި މާޅޮސް ކައުންސިލް މަސްރޭސް 2022” ނަމުގައި މަސްރޭހެއް ބާއްވައިފިއެވެ. އެރަށު ކައުންސިލުން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތުގައި 11 ޓީމަކުން ބައިވެރިވި ކަމަށެވެ. އަދި އެއީ 82 ބައިވެރިން ކަމަށެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޗެމްޕިއަންކަން ހޯދީ ޓީމު ބަރަކޫޑާ އެވެ. އެޓީމަށް ވަނީ 2000 ރުފިޔާގެ އިނާމެއް ދީފަ އެވެ. އަދި އެންމެ ބަރު މަހެއް ބާނާފައިވަނީ ޓީމު އުތީމު […]

ޑިޖިޓަލް އައިޑީކާޑުން ރައްކާތެރިކަމާއެކު ޒާތީ މައުލޫމާތު ބޭނުން ކުރެވޭނެ: އެންސީއައިޓީ
Raajje

ޑިޖިޓަލް އައިޑީކާޑުން ރައްކާތެރިކަމާއެކު ޒާތީ މައުލޫމާތު ބޭނުން ކުރެވޭނެ: އެންސީއައިޓީ

ޑިޖިޓަލް އައިޑެންޓިޓީ ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ރައްކާތެރިކަމާއެކު އެމީހެއްގެ ޒާތީ މަޢުލޫމާތު ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) އިން ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އައިޑީ ކާޑާއި ލައިސަންސް ކާޑުފަދަ މައުލޫމާތުތައް އެޕްލިކޭޝަނުގައި ހިމަނާނީ، އެކަމުގެ ޒިންމާވާ މުއައްސަސާތަކުން ކަމަށެވެ. އަދި މިއިން އެއްވެސް މައުލޫމާތަކަށް އަމިއްލައަށް އެއްވެސް...

އޯއޭސީޕީއެސް އިން ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށް ޝާހިދުގެ ޝުކުރު
Raajje

އޯއޭސީޕީއެސް އިން ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށް ޝާހިދުގެ ޝުކުރު

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް) އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޝުކުރު ދަންނަވައިފި އެވެ. އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ އޯ.އޭ.ސީ.ޕީ.އެސް. ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެން ދެއްވި ގައުމީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ޖިއޮގްރަފީގެ ގޮތުން ދުރުގައި އޮތް ނަމަވެސް ރާއްޖެ އާއި އޯ.އޭ.ސީ.ޕީ.އެސް. ގެ މެންބަރު އެހެން ގައުމުތައް އަބަދު ވެސް ގުޅިފައިވަނީ އެއް...

ދުލާއި އަތް، އެހެންމީހުންނަށް އުނދަގޫވާފަދަ ކަންކަމުން ރައްކާތެރި ކުރުމަށް އިސްލާމް ދީން ގޮވައިލާ: ހުތުބާ
Raajje

ދުލާއި އަތް، އެހެންމީހުންނަށް އުނދަގޫވާފަދަ ކަންކަމުން ރައްކާތެރި ކުރުމަށް އިސްލާމް ދީން ގޮވައިލާ: ހުތުބާ

އިސްލާމް ދީނަކީ އެއްބައިވަންތަކަމަށް ގޮވައިލާ ދީން ކަމަށާއި އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވެ، ރަހުމް ކުރުމަށް އިސްލާމް ދީން ގޮވައިލާ ކަމަށް މިއަދުގެ ހުހުރު ހުތުބާ ގައި ހަނދާން ކޮށްދީފި އެވެ. “އިސްލާމް ދީނަކީ އެކުވެރިކަމުގެ ދީން” މި މައުޟޫއަށް ކުރިއަށްގެންދިޔަ ހުތުބާގައި ބުނީ ދަތި އުނދަގޫކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެ ނަމަ، އެހީތެރިވުމަށާއި ހައްގުތައް ރައްކާތެރިކުރުމަށް ވެސް އިސްލާމް ދީން ގޮވައިލާ ކަމަށެވެ. އަދި މުދަލާއި އަނބުރަށް ރައްކާތެރިވުމަށާއި ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގ...

ރާއްޖޭގެ ކުރިއެރުމަށް ވޯލްޑް ބޭންކުން ދެއްވާ އެހީތެރިކަމަށް ރައީސްގެ ޝުކުރު
Raajje

ރާއްޖޭގެ ކުރިއެރުމަށް ވޯލްޑް ބޭންކުން ދެއްވާ އެހީތެރިކަމަށް ރައީސްގެ ޝުކުރު

ރާއްޖެއިން ވޯލްޑް ބޭންކާ ގުޅުމަށްފަހު، ރާއްޖޭގެ ކުރިއެރުމަށް ވޯލްޑް ބޭންކުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފި އެވެ. ރައީސް މިކަމަށް ޝުކުރުއަދާ ކުރެއްވީ ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް، މާޓިން ރައިސަރ، އެމަނިކުފާނު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރ...

ރަށްރަށުގައި ރިނިއުވަބަލް އެނާޖީ ޓެކްނޮލޮޖީ ގާއިމު ކުރެވޭނެ މަގުތައް ހޯދުމަށް ބޭނުންވޭ: ޝައުނާ
Raajje

ރަށްރަށުގައި ރިނިއުވަބަލް އެނާޖީ ޓެކްނޮލޮޖީ ގާއިމު ކުރެވޭނެ މަގުތައް ހޯދުމަށް ބޭނުންވޭ: ޝައުނާ

ރަށްރަށުގައި ރިނިއުވަބަލް އެނާޖީ ޓެކްނޮލޮޖީ ގާއިމު ކުރެވޭނެ މަގުތައް ހޯދުމަށް ބޭނުންވާ ކަމަށް އެންވަޔަރމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ހުޅުލެ-ހުޅުމަލެ ލިންކް ރޯޑްގައި 5 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. ޝައުނާ ވިދާޅުވީ ސޯލާ ޕީވީ އަކީ އެންމެ ހަރަދު ކުޑަ އަދި ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިންވެސްޓު ކަމަށެވެ. އަދި ރާއްޖޭގައި […]

ރައީސް، އަންނަ ހަފުތާގައި ދެ ދަތުރުފުޅެއް ކުރައްވަނީ
Raajje

ރައީސް، އަންނަ ހަފުތާގައި ދެ ދަތުރުފުޅެއް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންނަ ހަފުތާގައި ދެ ދަތުރުފުޅެއް ކުރެއްވުމަށް ތާވަލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރައީސް ވަޑައިގަންނަވާނީ ގދ. ފަރެސްމާތޮޑާއަށާއި ގަތަރަށް ކަމަށެވެ. އޭގެތެރެއިން ފަރެސްމާތޮޑާއަށް ވަޑައިގަންނަވަނީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކަމަށާއި އެރަށަށް ވަޑައިގަންނަވާނީ މި މަހުގެ 11 ވާ އާދިއްތަ ދުވަހު ކަމަށެ...

ހުޅުމާލޭ ހޮސްޕިޓަލުން ނުކުތް އެމްބިއުލާންސެއް އެކްސިޑެންޓުވެ، 4 މީހަކަށް އަނިޔާވެއްޖެ
Raajje

ހުޅުމާލޭ ހޮސްޕިޓަލުން ނުކުތް އެމްބިއުލާންސެއް އެކްސިޑެންޓުވެ، 4 މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ހޮސްޕިޓަލުން ނުކުތް އެމްބިއުލާންސެއް އެކްސިޑެންޓުވެ، 4 މީހަކަށް އަނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލެ ހޮސްޕިޓަލުގެ އެމަޖެންސީ ޓްރާންސްޕޯޓް ފަޅިން ދުއްވާފައި ނިކުތް ވޭނެއްް ކޮންޓްރޯލުން ނެއްޓިގެން، ބޯގަންވީލާ މަގުގެ ޕޭމަންޓު މަތީގައި ތިބި ތިން މީހެއްގެ ގައިގާ ޖެހިގެން ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވީ އެ ހޮސްޕިޓަލް ކައިރީ ތިބި ތިން އަންހެނަކަށް ކަމަށެވެ. މީގެ އިތުރުން އެ ތިން މީހުންގެ ގައިގާ ޖެހުމަށްފަހު، އެ […]

ތައިލެންޑުގެ އިންސްޓިޓިއުޓަކުން ދިވެހިން ހިލޭ ތަމްރީނުވުމުގެ ފުރުސަތު
Raajje

ތައިލެންޑުގެ އިންސްޓިޓިއުޓަކުން ދިވެހިން ހިލޭ ތަމްރީނުވުމުގެ ފުރުސަތު

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހީން، ތައިލެންޑުގެ އިންސްޓިޓިއުޓްގައި ހިލޭ ތަމްރީން ކުރުމުގެ ފުރުސަތު ފަހިވެއްޖެ އެވެ. މި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އެގައުމަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތައިލެންޑްގެ ޑިޕާރޓްމަންޓް އޮފް މެންޓަލް ހެލްތްގެ ދަށުން ހިންގާ ރާޖްނަކުލް އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން ލިބުނު ފުރުސަތެކެވެ. މި ފުރުސަތުގެ ދަށުން އަންނަ ޖަނަވަރީ މަހ...

އަންނައަހަރު ސަރުކާރު ބަންދުގެ ގޮތުގައި އިތުރު 3 ދުވަސް
International

އަންނައަހަރު ސަރުކާރު ބަންދުގެ ގޮތުގައި އިތުރު 3 ދުވަސް

އަންނައަހަރު ސަރުކާރު ބަންދުގެ ގޮތުގައި އިތުރު 3 ދުވަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހަމަޖައްސަވައި އެކަން އަންގަވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ 2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއް ގައެވެ. އެގޮތުން ބަންދުކުރައްވާފައިވާ ދުވަސްތަކަކީ 1- 25 ޖޫން 2023 (އާދިއްތަ) ދުވަހާއި 26 ޖޫން 2023 (ހޯމަ) އަދި 28 ސެޕްޓެންބަރު 2023 (...

ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެ އަދަބު ތަންފީޒު ނުކުރުމެއް ނޫން: ޝަމީމް
Raajje

ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެ އަދަބު ތަންފީޒު ނުކުރުމެއް ނޫން: ޝަމީމް

ގާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެ އަދަބު ތަންފީޒު ނުކުރުމެއް ނޫން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ މިހާރު ބޭނުންކުރާ ގާނޫނަކީ 2014 ވަނަ އަހަރު ފާސްކުރައްވައި، 2015 ގައި އަމަލުކުރަން ފަށާފައިވާ، ޒަމާނާގުޅޭ ގާނޫނެއް ކަމަށެވެ. ކުރީގެ ގާނޫނު ކަމުނުގޮސްގެން ބަދަލުކުރީ، އެގާނޫނުގެ ދަށުން ހުރި އަދަބުތަކަކީ އެކަށީގެންވާ އަދަބުތަކެއްކަމަށް ނުވާތީއާއި، އެގާނޫނު ލިޔުނު ގޮތުގެ ތާރީހީ ހަގީގަތްތަކަށް މިހާރު ބަދަލުވެފައިވާތީ ކަ...