ޕާކިސްތާނުގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރަން މަޝްވަރާ ކޮށްފި
ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އާއި ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީ އާއެކު މަޝްވަރާ ކޮށްފި އެވެ. މި މަޝްވަރާ ކުރައްވާފައި ވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް އާއެކު ރާއްޖޭގެ މީޑިއާ ކައުންސިލުން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. މާލޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަން އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގައި ތަޢުލީމީ ހިދުމަތްދޭ މުއައް...