Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ށ. އަތޮޅުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ހިންގަނީ
Thiladhunmathi News

ށ. އަތޮޅުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ހިންގަނީ

ށ. އަތޮޅުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ހިންގަން ނިންމައިފި އެވެ. މި ކޯހާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ށ. އަތޮޅު ކައުންސިލުން ބުނެފައިވަނީ، މި ކޯހަކީ ޝަހީބް މީޑިއާ އާ ގުޅިގެން ހިންގާ ކޯހެއް ކަމަށެވެ. މި ކޯސް ހިންގުމަށް ނިންމާފައިވަނީ މި ޖެނުއަރީ މަހުގެ 15 އިން 19 އަށް ށ. ފުނަދޫ ގައެވެ. ކޯހުގެ ކުލާސްތައް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު 2 ޖަހަންދެން ނެވެ. ހިލޭ […]

އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑު ވަނީ ހަމަޖެހިފަ: ރައީސް
Raajje

އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑު ވަނީ ހަމަޖެހިފަ: ރައީސް

މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑު ހަމަޖެހިފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަލިފުށީ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި އަލިފުށި ކައުންސިލުން ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހައި ބޮޑު ތަރައްޤީއެއް މިދައުރުގައި އައިސްފައިވާ ކަމަށާއި މިހާރުވެސް ގިނަ މަޝްރޫޢުތަކެއް އެރަށުގައި ހިނގަމުން...

ނައިވާދޫ ފުޓްބޯޅަ ދަނޑުތައް ވީރާނާވެ، ޒުވާނުން ކުޅެން ރުއްގަނޑަށް!
Thiladhunmathi News

ނައިވާދޫ ފުޓްބޯޅަ ދަނޑުތައް ވީރާނާވެ، ޒުވާނުން ކުޅެން ރުއްގަނޑަށް!

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ އަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ހާއްސަކޮށް އެރަށުގެ ޒުވާނުންނަކީ ފުޓްބޯޅައިގައި ހުނަރުން ފުރިގެންވާ ބައެކެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ފޮޓޯތަކުން ފެނި، ހާމަވެގެންދިޔައީ އެ ހުނަރުވެރިންގެ މުސްތަގުބަލެވެ. ފުޓްބޯޅައަށް މަރުދޭ، އެ ޒުވާނުންގެ ތަސައްވަރަށް ކުރާނެ ނޭދެވޭ އަސަރެވެ. އެ ފޮޓޯތަކަށް ބަލައިލުމުން ސުވާލު އުފެދުނީ ހުނަރުވެރިން ތިބޭ މިފަދަ ރަށްރަށުގައި މިގޮތަށް ކަންކަން ހިނގަމުންދާއިރުވެސް، ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް...

ރޭ ފެނިގެން ދިޔައީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު: ފަޒުނާ
Raajje

ރޭ ފެނިގެން ދިޔައީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު: ފަޒުނާ

މި ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮތްކަން ރޭ ފެނިގެން ދިޔަ ކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޕްރައިޕަރީ ކެމްޕޭނު ޖަލްސާ އާއި ހަމަ އެ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމުން ވެސް އެއްވުމެއް ބާއްވާފައިވާތީ އެކަން ފާހަގަކުރައްވައި، ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި ވިދާޅުވީ ރެއަކީ ތާރީހީ ރެއެއް ކަމަށާއި އެއް ސަރަހައްދެއްގައި އިދިކޮ...

މީރާ މުވައްޒަފުންގެ އެހީތެރިކަން ފިޔަވައްޗަށް
Raajje

މީރާ މުވައްޒަފުންގެ އެހީތެރިކަން ފިޔަވައްޗަށް

ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ މުހިންމު ބައެއް ސާމާނު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން ހަދިޔާކޮށްފި އެވެ. މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ހިންގަމުންދާ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 56،300 ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއްވަ އެވެ. މީރާ އިން ވިދާޅުވެފައިވަނީ މި ތަކެތި ހަދިޔާ ކުރުމަށް ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ […]

ހޯޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފި
Thiladhunmathi News

ހޯޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

ތިލަދުންމަތީ އުތުރުބުރީ ހޯޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފި އެވެ. ހޯރަފުށީ ކައުންސިލްގެ އިދާރާ އިން ވިދާޅުވީ 20 ޑިސެމްބަރ 2022 ގައި ކޮށްފައިވާ އިޢުލާނުގެ ބިޑް ހުށަހެޅުން އަދި ބީލަންތައް ހުޅުވުމުގެ ސުންގަޑި އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ބިޑު ހުށަހެޅުމާ ބީލަންތައް ހުޅުވުމުގެ ސުންގަޑިއަކީ 22 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 1 ޖަހާއިރު ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ. އެ […]

ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ބާއްވަނީ
Raajje

ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ބާއްވަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ. އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު، އެމްޑީޕީ ހަރުގޭގަ އެވެ. ސާލިހުގެ ކެމްޕެއިން ޓީމުން ވަނީ މި ޖަލްސާއަށް ވީހާވެސް ގިނަ އެމްޑީޕީގެ މެމްބަރުންނާއި ތާއީދު ކުރައްވާ ފަރާތްތަކުން ދިއުމަށް ދައުވަތު އަރުވާފަ އެވެ. ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ސ...

މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ކުޅުދުއްފުށީގައި ހާއްސަ ޕްރޮގްރާމެއް
Thiladhunmathi News

މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ކުޅުދުއްފުށީގައި ހާއްސަ ޕްރޮގްރާމެއް

މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމް ހިންގަނީ ނޭޝަނަލް ޑްރަގް އޭންޖެސީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ނެވެ. މިއީ މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް “ކޮމިޔުނިޓީ ބޭސްޑް ޓްރީޓްމެނ...

މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް އަނެއްކާވެސް ނަގަން ފަށައިފި
Raajje

މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް އަނެއްކާވެސް ނަގަން ފަށައިފި

މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް އަނެއްކާވެސް ނަގަން ފަށައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މާލެ ތެރޭގައި މަގުމަތީގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް އެ ކައުންސިލުން ފަށާފައިވާ ކަމަށެވެ. މީގެ ކުރިން ވެސް އެ މަސައްކަތް ފެށުމަށްފަހު، ވަނީ ހުއްޓާލާފަ އެވެ. އެކަމާއި ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެގޮތަށް ޕެލެޓު ބަހައްޓާފައި ހުންނަނީ ގޭގެއަށް ވަނުމަށް ފަސޭހައަކަށް ކަމަށާއި އެ ދަތިތަކަށް ހައްލެއް ހޯދައިދި...

ލިވަޕޫލުގެ ތަރި ސަލާހު ސޮއިކޮށްފައިވާ ޖާރޒީއެއް ރައީސް މައުމޫނަށް
Raajje

ލިވަޕޫލުގެ ތަރި ސަލާހު ސޮއިކޮށްފައިވާ ޖާރޒީއެއް ރައީސް މައުމޫނަށް

އިނގިރޭސި ޕްރެމިއަރ ލީގުގައި ކުޅެމުން އަންނަ ކުޅަދާނަ ފޯވަރޑް، މިސްރުގެ މުހައްމަދު ސަލާހް، ސޮއި ކޮށްފައިވާ ލިވަޕޫލުގެ ޖާރޒީއެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފި އެވެ. މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަލާހު ސޮއިކޮށްފައިވާ ޖާރޒީއެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ސަލާހަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެ އިތުރުން ސަލާހަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. މި ޖާޒީ މައުމޫނަށް ހަވާލުކޮށްދެއްވީ ލިވަޕ...

"ތިލަދެކުނު ސިނަމާ" ބެލެނިވެރި ފަރާތެއް ނެތި، ވީރާނާ ވަނީ
Thiladhunmathi News

"ތިލަދެކުނު ސިނަމާ" ބެލެނިވެރި ފަރާތެއް ނެތި، ވީރާނާ ވަނީ

ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ “ތިލަދެކުނު ސިނަމާ” ވީރާނާވެ، ހަލާކުވަމުން ދާތީ އެރަށުގެ ޒުވާނުން ކަންބޮޑުވުން ފާޅުކުރަންފަށައިފި އެވެ. “ތިލަދުން” އަށް މައުލޫމާތު ދެމުން އެ ސިޓީގެ ޒުވާނަކު ބުނީ އެތަނަކީ ވަަރަށް ގިނަ ބޭނުންތައް ކުރަމުން އައި ތަނެއް ކަމަށާއި އެގޮތުން ފިލްމު އެޅުވުމާއި ތަފާތު އެކި ހަރަކާތްތައް ބޭއްވުމަށް ބޭނުން ކުރަމުން އައި ތަނެއް ކަމަށެވެ. ނަމަވެސް އެތަން ހަލާކުވާން ދޫކޮށްލާފައި ހުންނަތާ އެތައް އަހަރުތަކެއް ވެއްޖެ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އޭނާ […]

ހަކުރުބަލީގެ މީހުންނަށް މޭވާ ކެވޭނެތަ؟
Report

ހަކުރުބަލީގެ މީހުންނަށް މޭވާ ކެވޭނެތަ؟

ރާއްޖޭގައި ހަކުރު ބަލީގެ މީހުންނަށް މޭވާގެ ބާވަތްތައް ބޭނުން ކުރެވިދާނެތޯ ނުވަތަ ބޭނުން ކުރާނަމަ، ކުރެވޭނީ ކިހާވަރަކަށްތޯ އެއީ ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. އަދި މޭވާގެ ތެރެއިން ކެވޭނީ ކޮން އެއްޗެއްތޯ އާއި ނުކެވޭނެ މޭވާއެއް ހުރިތޯ ވެސް މިއީ ސުވާލު އުފެދޭ ކަމެކެވެ. މި ސުވާލުތަކަށް ޖަވާބު ބޭނުންވެފައިވާއިރު، ފިޒީޝަން ޑރ. މުހައްމަދު އަލީ މިކަމުގައި ވިދާޅުވަނީ ކީކޭތޯ ބަލައިލަމާ ހެއްޔެވެ. ޓިކްޓޮކް ގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ ހަކުރު ބަލީގެ […]

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނަށް ނަޝީދު ފުވައްމުލައް ސިޓީއަށް
Raajje

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނަށް ނަޝީދު ފުވައްމުލައް ސިޓީއަށް

ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލައް ސިޓީއަށް ވަޑައިގެންފި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރުފުޅެކެވެ. މި ޖެނުއަރީ މަހުގެ 28 ވަނަ ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެމަނިކުފާނާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. ދެ ބޭފުޅުން ވެސް ކެމްޕޭން […...

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި
Raajje

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކޮށްފައި ވަނީ ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީ ފާއިޒު، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ. ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާގައި ހުކުރު ކުރުމަށްޓަކައި، އިސްލާމިކް މިނިސްޓްރީން ނެރުއްވާ ޚުތުބާ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝ...

ދިވެހި އިގުތިސާދު ވަނީ ކޯވިޑްގެ ކުރިން އޮތް ހިސާބަށް އިއާދަވެފައި: އަމީރު
Raajje

ދިވެހި އިގުތިސާދު ވަނީ ކޯވިޑްގެ ކުރިން އޮތް ހިސާބަށް އިއާދަވެފައި: އަމީރު

ދިވެހި އިގުތިސާދު މިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) ގެ ސްޓާފް ވިޒިޓަށްފަހު، ނެރެފައިވާ ޕްރެސް ރިލީޒްއާއި ހަވާލާދީ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި ރާއްޖޭގެ އިގްތިސާދު ބާރަށް ކުރިއަރަމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސ...