ށ. އަތޮޅުގައި ވެސް ކުރިއަށް ގެންދިޔަ އެންމެ އަގުބޮޑު ގިވްއަވޭ ކަމުގައިވާ، ށ. މިލަންދޫ 'ސައުތް ލިންކް' ފިހާރައިން ކުރިއަށް ގެންދިޔަ ގިވް އަވޭގެ ނަސީބުވެރި ފަރާތްތައް ހޮވުމަށް ތައްޔާރު ވެއްޖެ އެވެ.

މިއީ ނިމިދިޔަ 2022 ވަނަ އަހަރު އެ ފިހާރައިން ކުރިއަށް ގެންދިޔަ ގިވްއަވޭ އެކެވެ. މުޅި އަހަރުދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ގިވް އަވޭ ގައި 500 ރުފިޔާއިން މަތީގެ ވިޔަފާރި ކޮށްފައިވާ ކޮންމެ ފަރާތެއް ވަނީ ޝާމިލުވެފަ އެވެ.

Ad
rt

މި ގިވްއަވޭގެ ނަސީބު ވެރިން ހޮވުން ބާއްވަން މިހާރުނިންމާފައިވަނީ މި ޖެނުއަރީ މަހުގެ 27 ވާ ހުކުރު ދުވަހުގެ ރޭ އެ ފިހާރަ ކުރިމަތީގަ އެވެ.

ނަސީބުވެރި ފަސް ފަރާތެއް ހޮވާއިރު، އެއްވަނަ އަށް ހޮވޭ ފަރާތަކަށް އެންމެ ފަހުގެ ޕީސީއެކްސް ސައިކަލެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ދެވަނަ އަށް ދާ ފަރާތަކަށް ސްކޫޕީ ކްލަބް ސައިކަލެއް ދޭ އިރު، ތިން ވަނަ އަށް ދާ ފަރާތަކަށް ދިނުމަށް ނިންމާފައިވަނީ އައި ފޯން 14 ޕްރޯ މެކްސް އެކެވެ.

މީގެ އިތުރުން ހަތަރު ވަނަ އަށް ދާ ފަރާތަކަށް ބެޑް ރޫމް ސެޓެއް ދޭއިރު، ފަސް ވަނަ އަށް ދާ ފަރާތަކަށް ދެނީ ދިހަ ކިލޯގެ އޮޓޯ ދޮންނަ މެޝިނެކެވެ.

ހަމަމިއާއެކު ނަސީބުވެރިން ހޮވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވެސް ގުރުއަތުލުން ބާއްވާނެ ކަމަށާއި ގުރުއަތުން ހޮވޭ ދިހަ ފަރާތެއްގެ މެދުގައި އެއްހާސް ރުފިޔާގެ އަގުހުރި ވައުޗަރ އެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ފިހާރައިން ވަނީ މައުލޫމާތު ދީފައެވެ.

އެ ފިހާރައިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަހަރު ވެސް ގިވް އަވޭ އެއް ކުރިއަށް ގެންދާނެ ކަމަށާއި މިކަމާއިބެހޭ މައުލޫމާތު މި މަހު 27 ގައި އިއުލާން ކުރާނެ އެވެ. މި އިވެންޓް އެ ފެރާތުގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ގިވްއަވޭގެ ނަސީބު ވެރިން ހޮވުމުގެ ރަސްމިއްޔާތުގައި މިލަންދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި ވިޔަފާރި ވެރިންނާއި އެ އަތޮޅުގެ ގިނަ ރައްޔިތުން ބައިވެރިވާނެ ކަމަށް ސައުތް ލިންކް ފިހާރަ އިން މައުލޫމާތު ދެއެވެ.

ށ. މިލަންދޫ ސައުތް ލިންކް ފިހާރައަކީ ތަފާތު ގިނަ ސާމާނުތަކެއް ވިއްކަމުން އަންނަ ފިހާރައެކެވެ.

އެގޮތުން ގާމެންޓްސް، ހާޑްވެއަރ ގެ ސާމާނު ހިމެނެ އެވެ. އަދި އެލްމިނިއަމް ދޮރު ޖަހައިދިނުމާއި ބޭރުން ޓިނު އެތެރެކޮށްގެން ޓިނު ހެދުމުގެ ޚިދުމަތް ވެސް އަންނަނީ ފޯރުކޮށްދެމުން ނެވެ.

ހާއްސަކޮށް، ގޭތެރޭގެ ހޫނު މަޑުކޮށްލުމަށް 'ސައުތް ލިންކް' ގެ ހުދު ޓިނު މިއީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޓިނެކެވެ. މި ޓިނުން މުސުމީ ރައްކާތެރިކަމާއި ދަބަރު ނުޖެހުމާއި މަރާމާތުގެ ހަރަދު ކުޑަވާއިރު، މިއީ އުމުރު ދިގު ޓިނެއް ކަމަށް ވެސް އެ ފިހާރައިން މައުލޫމާތު ދެއެވެ.