ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީއެއް ށ. ނޫމަރާ ނެރު މައްޗަށް އުރުމުގެ ހާދިސާއެއް ހިނގައިފިއެވެ.

މިކަމާއި ގުޅިގެން ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީއު ''ތިލަދުން'' އަށް ވިދާޅުވީ އެ ފެރީ އަކީ އެރަށުގައި މަޑުކުރާ ފެރީއެއް ކަމަށާއި ނެރުމައްޗަށް އުރުނީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ލޯންޗުގެ ކަނާތްކޮޅުގެ ރާޅެއް އަރައިގެން ކަމަށެވެ.

Ad
mooomoo 1

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ލޯންޗުގެ ދިހަވަރަކަށް ފޫޓުގެ ރެނދެއްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ލޯންޗު އިތުރުތަނަކަށް ގެންދެވޭ ގޮތް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދެ ޕަމްޕު ޖަހައިގެން ލޮނުގަނޑު ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ލޮނުގަނޑު ކިރިޔާ ވެސް މައިތިރިވުމުން ކުޅުދުއްފުށި ކަހަލަ ރަށަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އާރުޓީއެލްގެ އާރު112 ނަންބަރު ލޯންޗް ފެރީ ނޫމަރާ ނެރުގެ ހިލަތަކު މައްޗަށް އުރުމުގެ ހާދިސާ ހިނގުމުން، ނޫމަރާ ރައްޔިތުން ވަނީ އެ ލީންޗު ސަލާމަތް ކުރުމުގެ މަސައްކަތްކޮށް، 45 ވަރަކަށް މިނިޓް ތެރޭ މި ލޯންޗް ފުންކޮށްފައެވެ.

Ad
df

''ލޯންޗް ފުންކުރެވުނަސް ވަރަށް ބޮޑަށް ދިޔަވާތީ އިތުރަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފްގެ ނޮދަން އޭރިއަގެ ސިފައިން ދަނީ ފޯރުކޮށްދެމުން'' ނޫމަރާ ކައުންސިލުން ވިދާޅުވެފަވެއެވެ.