Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

އައު އޯޕީޑީ އިމާރާތާއެކު ކޭއާރުއެޗުން ހިދުމަތް ހޯދާ ފަރާތްތަކަށް އުފާވެރިކަން
Thiladhunmathi News

އައު އޯޕީޑީ އިމާރާތާއެކު ކޭއާރުއެޗުން ހިދުމަތް ހޯދާ ފަރާތްތަކަށް އުފާވެރިކަން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ އައު އޯޕީޑީ އިމާރާތުގައި ހިދުމަތް ދޭން ފަށައިފިއެވެ. ހޮސްޕިޓަލްގެ ދެކުނު ފަރާތުގައި ހުންނަ އައު އިމާރާތުގައި ހިދުމަތްތައް ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އައު އިމާރާތުން އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ހިދުމަތާއި ޕަބްލިކް ރިލޭޝަންސް ޑިޕާޓްމެންޓުގެ ހިދުމަތް ލިބޭނެއެވެ. ކޭއާރުއެޗުގެ އައު އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމައި، އެ ހޮސްޕިޓަލާއި ހަވާލުކޮށްފައިވަނީ މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ...

ށ. އަތޮޅު ސިއްހީ މަރުކަޒުތަކުގެ މަސައްކަތްތަކަށް ގެނައި ބަދަލުތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތް ފަށައިފި
Thiladhunmathi News

ށ. އަތޮޅު ސިއްހީ މަރުކަޒުތަކުގެ މަސައްކަތްތަކަށް ގެނައި ބަދަލުތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތް ފަށައިފި

ށ. އަތޮޅު ސިއްޙީ މަރުކަޒުތަކާއެކު ބާއްވާ ސެމިނަރ 2023″ގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ށ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރ ސަނިއްޔާ މުހައްމަދު ވިދާޅުވީ މިއީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށެވެ. މިއީ ކޯވިޑު-19 ގެ ބަލިމަޑުކަމަށް ފަހު، މިގޮތަށް ބާއްވާ ފުރަތަމަ ބައްދަލުވުން ކަމަށާއި މި ބައްދަލުކުރުމުގައި މަޝްވަރާކޮށްފައިވަނީ ބަޖެޓާއި ޕަބްލިކް ހެލްތު ޔުނިޓުގެ މަސައްކަތްތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.   އޭނާ ވ...

ނަޝީދަށް ތާއީދު ކުރަނީ އަމިއްލަ މަންފާއެއް އޮވެގެން ނޫން: ދިޔާނާ
Raajje

ނަޝީދަށް ތާއީދު ކުރަނީ އަމިއްލަ މަންފާއެއް އޮވެގެން ނޫން: ދިޔާނާ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރައްވަނީ އަމިއްލަ މަންފާއެއް އޮވެގެން ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޕްރައިމަރީ ކެމްޕެއިންގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ، އެމަނިކުފާނާއެކު ކެމްޕެއިން ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ ނަޝީދަށް ތާއީދު ކުރައްވަން ނިންމެވީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ވާތީ ކަމަށެވެ. އެގޮތުން އެކަނިވެރި މައިންނަށާއި ނުކުޅެދ...

ކުޑަކުދިން ލައްވާ ކުރުވުން މަނާ މަސައްކަތުގެ ލިސްޓަށް ބަދަލެއް!
Raajje

ކުޑަކުދިން ލައްވާ ކުރުވުން މަނާ މަސައްކަތުގެ ލިސްޓަށް ބަދަލެއް!

ކުޑަކުދިން ލައްވާ ކުރުވުން މަނާކޮށްފައިވާ މަސައްކަތްތަކުގެ ލިސްޓަށް ބަދަލު ގެނެސްފިއެވެ. ސަރަކާރުގެ ގެޒެޓުގައި ޝާއިއުކުރި އިސްލާހުގައި ބަދަލު ގެނެސްފައިވަނީ ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް ބަޔާންކުރާ މާއްދާ ކަމަށްވާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އާއްމު ގަަވައިދުގެ 10 ވަނަ މާއްދާ އެވެ. އެ މާއްދާ ކުރިން އޮތް ގޮތުން، ކުޑަކުދިން ބައިވެރިކުރުން މަނާ 17 ބާވަތެއްގެ މަސައްކަތް އޮވެ އެވެ. އެހެންނަމަވެސް އިސްލާހުގައި އޮތީ ހަތް ބާވަތެއްގެ މަސައްކަތްތަކެވެ. ކުޑަކުދިން ބައިވެރިކުރ...

ވާވެއްދިފަރަށް އެރި ބާޖަކާއި ޓަގު ބޯޓު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި
Raajje

ވާވެއްދިފަރަށް އެރި ބާޖަކާއި ޓަގު ބޯޓު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި

ކ. ވާވެއްދިފަރަށް އެރި ބާޖަކާއި ޓަގު ބޯޓު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ. މި ބާޖާއި ޓަގު ބޯޓު އެ ފަރަށް އަރާފައިވަނީ ފައިބެއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ޖޫރިމަނާ ކުރީ ދި މިޑްލްއީސްޓް މެރިން އެލްއެލްސީގެ، އޭއެމް އަލްޕިޓް ޓަގު ބޯޓާއި، އޭއެމް އާގަމް ބާޖު ފަރަށް އެރުމާއި ގުޅިގެން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތައް ބެލުމަށް ފަހު ކަމަށެވެ. އެ […]

ފެބްރުއަރީ 22 ގެ ފަހުން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ނުކުރެވޭނެ
Business

ފެބްރުއަރީ 22 ގެ ފަހުން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ނުކުރެވޭނެ

ފެބްރުއަރީ 22 ގެ ފަހުން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ނުކުރެވޭނެ ކަމަށް ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ބުނެފިއެވެ. މޯލްޑިވިއަން އިން ބުނީ ފެބްރުއަރީ 22 ގެ ފަހުން ޕާސްޕޯޓާއި، އައިޑީ ކާޑާއި ވާކް ވިސާ ކާޑާއި ލައިސަންސް ކާޑާއި އެއަރޕޯޓް ސެކިއުރިޓީ ފާހާއި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަމްބަރުޖެހި ރަސްމީ ލިޔުންތަކަކީ މުއްދަތު ހަމަނުވާ ލިޔުންތަކަށް ވާންވާނެ ކަމަށެވެ. މުއްދަތު ހަމަވެފައިވާ ލިޔުމަކާއެކު އެ ތާރީހަށްފަހު […]

ޝަންގްރިއްލާ ރިސޯޓު ހުޅުވަން އުޅުނުނަމަ އެކަމަށް ނަގާނީ ހަފްތާއެއްހާ ދުވަސް: ނަޝީދު
Raajje

ޝަންގްރިއްލާ ރިސޯޓު ހުޅުވަން އުޅުނުނަމަ އެކަމަށް ނަގާނީ ހަފްތާއެއްހާ ދުވަސް: ނަޝީދު

ހިތް ނިޔަތް ޚަލާސް ކޮށްގެން ޝަންގްރިއްލާ ރިސޯޓު ހުޅުވަން އުޅުނުނަމަ ، އެއީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރެވެން އޮތް ކަމެއް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އައްޑޫ ސިޓީ ހިތަދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މި ރިސޯޓު މިހައިތަނަށް ހުޅުވިގެން ގޮސްފައި ނުވަނީ މި ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ މިހާތަނަށްވެސް ސަރުކާރަށް […]

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި
Raajje

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިލުމުން 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ހާމަކޮށްފައެވެ. އެ ފަރާތްތަކަކީ: 1. މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ 2. މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ 3. އަޙްމަދު ރިފްޝާން / ކަޝްމީރުގެ, […]

ސަޓާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
Raajje

ސަޓާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ، ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މިއަހަރުގެ ސަޓާ އެވޯޑަށް ނަން ހުށައެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 10ވަނަ ދުވަހެވެ. އެވޯޑްއަށް އޮންލައިންކޮށް ސަޓާ އެވޯޑް ވެބްސައިޓް http://www.southasiantravelawards.com މެދުވެރިކޮށް ހުށައެޅޭނެއެވެ. 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ މި އެވޯޑް ދިނުމުގެ މަގުސަދަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު...

ކުނި ނަގަން ވަދެ ގެއަކަށް ބޮޑުކަމުދިޔަ ވެމްކޯގެ މުވައްޒަފު ސަސްޕެންޑް
Raajje

ކުނި ނަގަން ވަދެ ގެއަކަށް ބޮޑުކަމުދިޔަ ވެމްކޯގެ މުވައްޒަފު ސަސްޕެންޑް

ކުނި ނަގަން ވަދެ، ގެއަކަށް ބޮޑުކަމުދިޔަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފު ސަސްޕެންޑް ކޮށްފިއެވެ. ވެމްކޯ އިން ނެރުނު ބަޔާނެއްގައި ވަނީ މާލޭގެ ގޭގެއަށް ކުނި ނަގަން ދާ އެ ކޯޕަރޭޝަން ގެ މުވައްޒަފަކު ގެއެއްގެ ތެރެއަށް ބޮޑުކަމު ދިޔަ މައްސަލައިގައި އެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ކުންފުނިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މިކަމުގައި އެ ކުންފުނީގެ ފަރާތުން މައާފަށް އެދޭ ކަމަށާއި ކުރިއަށް އޮތް […]

މިފަހަރުގެ ޕްރައިމަރީ ވެގެންދާނީ ރާއްޖެއަށް ނަމޫނާއަކަށް: ރައީސް
Raajje

މިފަހަރުގެ ޕްރައިމަރީ ވެގެންދާނީ ރާއްޖެއަށް ނަމޫނާއަކަށް: ރައީސް

މި ފަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެގެންދާނީ ރާއްޖެއަށް ނަމޫނާއަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އއ. މާޅޮހަށް މިއަދު ވަޑައިގެން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީން އަމަލުކުރާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެމްޑީޕީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ ކަމަށް ވެސް ރަ...

މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފި
Thiladhunmathi News

މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފިއެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި އެެރަށު ކައުންސިލު އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ، ރަމަޟާން މަހަށް އެރަށު މިސްކިތްތައް އާބާތުރަ ފިލުވުމަށް އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. އެގޮތުން އެރަށު މަސްޖިދުއް ތަގުވާއާއި މަސްޖިދުއް ސިއްދީގު އަދި މަސްޖިދުއް ނޫރު ގެ އާބާތުރަ ފިލުވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފ...

ހެއްކާއިބެހޭ ގާނޫނާއެކު ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަސްވެ، ނަތީޖާ ނެރެވޭނެ: ޝަމީމް
Raajje

ހެއްކާއިބެހޭ ގާނޫނާއެކު ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަސްވެ، ނަތީޖާ ނެރެވޭނެ: ޝަމީމް

ހެއްކާއިބެހޭ ގާނޫނާއެކު ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަސްވެ، ނަތީޖާ ނެރެވޭނެ ކަމަށް  ޝަމީމް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ހެއްކާބެހޭ ގާނޫނާއެކު ޝަރީޢަތްކުރުމުގެ ނިޒާމް ފުރިހަމަވެ، ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަހަށް ކުރިއަށްގެންގޮސް ނަތީޖާ ނެރެވޭނެ ކަމަށެވެ. އަދި މި ގާނޫނު ލިޔެވިފައިއޮތީ އެމަގަށް ބާރުއަޅާގޮތަށް، މުޅި ނިޒާމު މަސައްކަތްކުރާގޮތަށްވެސް މުހިއްމު ބަދަލުތަކެއް އ...

ފަތުރުވެރިންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭންޖެހޭ: މައުސޫމް
Raajje

ފަތުރުވެރިންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭންޖެހޭ: މައުސޫމް

ފަތުރުވެރިން ގޯހެއް ހެދީމާ އޭގެ ނޭދެވޭ އަސަރު އެންމެނަށް ވެސް ކުރާނެ ކަމަށާއި، އެ މީހުންނަށް ފުރިހަމަ މައުލޫތު ފޯރުކޮށްދޭންޖެހޭ ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އެންމެއެކަށޭނަ ގޮތުގައި ޓޫރިސްޓުންނަށް މައުލޫމާތު ނުލިބޭ ކަމަށް އެމީހުން ބުނާ ކަމަށެވެ. އެހެންވީމާ މައުލޫމާތު ދެވޭނެ ފުރިހަމަ އިންތިޒާމްތައް ހަަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުތެރޭގައި ބޯޑުތައް ޖެހުމާއި ހޮޓ...

އިހަވަންދިއްޕޮޅުގައި ހައިޑްރޯގްރަފިކް ސާވޭ ފަށައިފި
Raajje

އިހަވަންދިއްޕޮޅުގައި ހައިޑްރޯގްރަފިކް ސާވޭ ފަށައިފި

އިހަވަންދިއްޕޮޅުގައި ހައިޑްރޯގްރަފިކް ސާވޭ ފަށައިފިއެވެ. މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްއާއި، އެމްއެންޑީއެފް ކޯސްޓްގާޑް އަދި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރަފިކް އޮފީސް ގުޅިގެން ކުރިއަށް ގެންދާ މި ސާރވޭ ފެށީ މިއަދުއެވެ. މޯލްޑިވްސް ހައިޑްރޯގްރަފިކް ސާރވިސްއިން ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ 28ގެ ނިޔަލަށް މި ސާރވޭ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ސާރވޭގައި ކުދި ބޯޓުފަހަރު ބޭނުންކޮށްގެން އެ ސަރަހައްދުގައި ޖޮއިންޓް ޓީމުން ހަރަކާތްތެރިވެ، ރަށްތަކުގެ ކޯސްޓްލައިން ކުރެހުމަށް ޖީ.ޕީ.އެސް ރިސީވަރ...