ށ. އަތޮޅު ސިއްޙީ މަރުކަޒުތަކާއެކު ބާއްވާ ސެމިނަރ 2023"ގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

މިކަމާއި ގުޅިގެން 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ށ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރ ސަނިއްޔާ މުހައްމަދު ވިދާޅުވީ މިއީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށެވެ.

Ad
rt

މިއީ ކޯވިޑު-19 ގެ ބަލިމަޑުކަމަށް ފަހު، މިގޮތަށް ބާއްވާ ފުރަތަމަ ބައްދަލުވުން ކަމަށާއި މި ބައްދަލުކުރުމުގައި މަޝްވަރާކޮށްފައިވަނީ ބަޖެޓާއި ޕަބްލިކް ހެލްތު ޔުނިޓުގެ މަސައްކަތްތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިގޮތަށް ފޭސް ޓު ފޭސްކޮށް ބައްދަލުވެ، ވާހަކަ ދައްކާލުމުން އޮންލައިންކޮށް ބާއްވާ މިފަދަ ބައްދަލުވުންތަކަށް ވުރެ، މާފުރިހަމަ މައުލޫމާތު ލިބި، މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ބައްދަލުވުންތައް ބާއްވާ، ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަން ހުރި ކަންކަން ދެނެގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމަށް ރަށްރަށަށް ދިއުމަށް އެމްޓީސީސީގެ އާރްޓީއެލް ފެރީގެ ހިދުމަތް ލިބިފައިވާތީ އެކަމަށް ސަނިއްޔާ ވަނީ ވަރަށްބޮޑަށް ޝުކުރުއަދާ ކުރައްވާފައެވެ.