މާލެ ސަރަހައްދުގެ 6 ތަނެއްގައި މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ
މާލެ ސަރަހައްދުގެ ހަ ތަނެއްގައި މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް އަޟްހާ އީދުގައި މާލޭގެ 28 މިސްކިތެއްގެ އިތުރުން ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނިންމާފައި ވަނީ މާލޭގެ އިސްލާމީ މަރުކަޒު، ކިންގް ސަލްމާން މިސްކިތް، މާފަންނު ސްޓޭޑިއަމް، ވިލިމާލެ ބޯޅަދަނޑު، ހުޅުމާލެ ފުރަތަމަ ފިޔަވަހި […]