ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ ދިވެހި ހައްޖާޖީއަކު ރޭ ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ފާތިމަތު ހަފީޒާ، 80، އެވެ.

Ad
rt

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހަފީޒާ ނިޔާވީ ރޭގެ ވަގުތެއްގައެވެ. ކަށު ނަމާދު ކުރުން އޮންނާނީ މަސްޖިދުލްހަރާމްގައި މިނިސްޓްރީން ބުންޏެވެ.

ހަފީޒާގެ މަރާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.

މި އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1،150 މީހުން ހައްޖަށް ގޮސްފައިވެއެވެ.