ތައިލެންޑުގެ ބޭސް އުފައްދާ ކުންފުނި "ސެވެން ސްޓާޒް ފާމަސިއުޓިކަލް" އިން އުފައްދާ ބޭސްތައް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ ތައިލެންޑް ކުންފުނިން އުފައްދާ 15 ބާވަތެއްގެ ބޭސް އުފެއްދުމުގައި ކެމިކަލްގެ މާއްދާއެއް އެކުލެވިފައިވާތީ އެ ގައުމުގެ ބޭސް ރެގިއުލޭޓްކުރާ އިދާރާއިން އެބޭސްތައް ބާޒާރުން އަނބުރާ ނެގުމަށް އަންގާފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ އެ ބޭސްތަކަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮތް ބޭސްތަކެއް ނޫންކަމަށެވެ. ނަމަވެސް ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގޮސްއުޅޭ ގައުމަކަށްވުމުން އެޤައުމުން އަމިއްލަ ބޭނުންމަށް ނަމަވެސް ބޭސް ގަންނަނަމަ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މި ބޭސްތަކުގެ ތެރޭގައި އެކުންފުނިން އުފައްދާ ބައެއް ބާވަތުގެ ތަދުކަނޑުވާ ދިޔާ ބޭސްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޕެރަސެޓަމޯލްއާއި ބުރޫފަން ފަދަ ބޭސްތައް ވެސް ހިމެނެއެވެ. މީގެ އިތުރުން ހުމާއި ރޯގާއަށާއި ކެއްސުމާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ބޭނުންކުރާ ބޭސްތަކެއް ހިމެނެއެވެ.
ބޭސްތަކުގެ ލިސްޓު:
ކާބޮސޮލް ސިރަޕް
ސްޓާޓެކް ސިރަޕް
ޕެރަސްޓާ ސަސްޕެންޝަން
ފަޓެކް ސިރަޕް
ސެޓަފެން ސިރަޕް
ކޯ-ޓްރިމޮކްސަޒޯލް މިކްސްޗާ
ކްރެސްބުފެން ސަސްޕެންޝަން
ޑޮމްޕާސްޓާ ސަސްޕެންޝަން
ކްރެސްޓްރިމް ސަސްޕެންޝަން
ކްރެސޮލެޓް ސިރަޕް
ކްރެސްޓެެކް ސިރަޕް
ކްރެސްބްރޮކްސޮލް ސިރަޕް
ސްޓާޓިފެން ސިރަޕް
އިބުސްޓާ ސަސްޕެންޝަން
ޑޮމްޕާކްރެސް ސިރަޕް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!