ޔޫއޭއީ އިން ފަލަސްތީނަށް 20 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފަލަސްތީނަށް 20 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ. ފަލަސްތީނަށް ކުއްލީ އެހީގެ ގޮތުގައި 20 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް އެންގެވީ ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދެވެ. އެކަން ޔޫއޭއީގެ ރައީސް އަންގަވާފައި ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށް ވެސް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި އެހީ ފަލަސްތީނު ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވަނީ އދ. ގެ ރިލީފް އެޖެންސީ އާއި ފަލަސްތީނު ރެޖިއުޖީންގެ […]