މާލޭގެ މަޖީދީ މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ބިދޭސީ މީހެއްގެ ކަރަށް ވަޅި ހެރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދިވެހި އަންހެނަކެވެ.
ފުލުހުން މިއަދު ބުނީ އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެނިގެން ދަނީ ޑްރީމް މޯބައިލް ފިހާރައެއް ތެރޭގައި ކަޅު ކުލައިގެ ހެދުމެއް ލައިގެން ހުރި ބުރުގާ ނާޅާ އަންހެނަކު ފޯނު ދައްކާލުމަށް އެދުނު މަންޒަރެވެ. އެ ފޯން ދެއްކުމުން، ކައުންޓަރު މައްޗަށް އަންހެން މީހާ ފޯން އެއްލާލާފައި ޒުވާބު ކުރަން ފެށިއެވެ. އިރުކޮޅަކު، ޒުވާބެއް ކުރުމަށްފަހު، އެ ފިރިހެން މީހާ އެހެން މީހަކަށް ގުޅަން މަސައްކަތް ކުރަމުންދަނިކޮށް ވަޅި ނަގައި ފިރިހެން މީހާގެ ކަރުގައި އަޅާލިތަން ވެސް ފެނިގެން ދިޔައެވެ.
އޭގެ ފަހުގައި، އަންހެން މީހާ ފިހާރަ ތެރެއިން ނުކުމެގެން ވަނީ ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!