މާލޭގެ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު ނަރީޝްއާ ހަވާލުކޮށްފި
މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލުގެ ހުރިހާ އިސް ޒިންމާތަކެއް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ ހަވާލުކުރައްވައިފިއެވެ. މިއަދު ހެނދުނު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާ އަކީ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެންމެ ފަހު ޖަލްސާއެވެ. އެ ޖަލްސާގައި މާލެ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 17 ކައުންސިލަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކައުންސިލްގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިދިޔަ މަހު ބޭއްވި ރިޔާސީ އިނ...