ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 11:45 ހާއިރު ހަނިމާދޫގައި ގެޔަކަށް ވަދެ އެ ގޭގައި އުޅޭ 63 އަހަރުގެ މީހަކަށް އަނިޔާކޮށް ފައިސާ ފޭރުނު ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ހާއްސަ އެހީ އަށް ބޭނުންވާ އެ މީހާ އަށް ހަމަލާ ދިން 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާ ލިބުނު މީހާ އަށް މިހާރު އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީ މަރަދޫގައި ވެސް 81 އަހަރުގެ މީހަކު ބަނުމަށް ފަހު ފޭރުނު މައްސަލައެއްގައި 50 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!