ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓަށް އިންޑޮނޭޝިއާގެ ޖަމާއަތެއް އިތުރުކޮށް، ޓެރަރިސްޓު ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު މިއަދު އާކޮށްފިއެވެ.
ޓެރަރިސްޓް ޖަމާއަތުގެ ލިސްޓަށް އަލަށް އިތުރުކުރީ އިންޑޮނޭޝިއާގެ ޖަމާއަތެއް ކަމަށްވާ ޖަމާ އަންޝާރުއް ދައުލާ "ޖޭއޭޑީ" އެވެ. އެއީ އދ. ގެ ސެކިއުރިޓީ ކައުންސިލުން ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި 2020 ވަނަ އަހަރު ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތެކެވެ.
އަލަށް އިތުރު ކުރި ޓެރަރިސްޓް ޖަމާއަތާއެކު، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ވަނީ ވިއްސަށް އަރައިފައެވެ.
ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހެއެވެ. އެ ގާނޫނުގެ ދަށުން ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފައާ އެކު، ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު މުރާޖައާކޮށް އާއްމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމު ކަމެކެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމާއި އެފަދަ ޖަމާއަތެއްގެ ލޯގޯއެއް ގެންގުޅުމާއި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނަކަށް ސަރުކާރުގެ ހުއްދަ ނެތި ދިވެއްސަކު ދަތުރުކުރުމަކީ ޖަލު ހުކުމެއް އަންނަ ކުށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!