Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
51 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ އިންޑިއާގެ އާތު ސައިންސް މިނިސްޓަރު
Raajje

މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ އިންޑިއާގެ އާތު ސައިންސް މިނިސްޓަރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ފޮނުވުމަށް ހަމަޖެހިފައި ވަނީ އެ ގައުމުގެ އާތު އެންޑް ސައިންސް މިނިސްޓަރު ކިރެން ރިޖިޖޫ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފިއެވެ. އަންނަ ހުކުރު ދުވަހު ހަވީރު އޮންނަ މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެކުވެރި ހުރިހާ ގައުމުތަކަށް ދައުވަތު ދީފައިވާނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ. އެ އޮފީހުން ބުނި ގޮތުގައި ޖަލްސާ އަށް 3،000 އަށް […]

ނަޝީދަށް ތާރީހީ ދުވަހެއް، ފުރަތަމަ ވެސް ނިޒާމީ ނުކުތާއެއް!
Parliament

ނަޝީދަށް ތާރީހީ ދުވަހެއް، ފުރަތަމަ ވެސް ނިޒާމީ ނުކުތާއެއް!

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހަށް ވަޑައިގެންނެވުމުން، އަމީރު ޝަރީއަތަށް ފޮނުވަން ޖެހޭނެ ކަމަށް ވިދާޅުވެ، މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމީރަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ ސަރުކާރުން މަޖިލިހަށް ފޮނުވި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހެޅި 49.5 ބިލިއަން ރުފިޔާގެ ބަޖެ...

8 ކުންފުނީގެ އެމްޑީންނަށް ތިއްބަވާނީ އަންހެނުން: މުއިއްޒު
Raajje

8 ކުންފުނީގެ އެމްޑީންނަށް ތިއްބަވާނީ އަންހެނުން: މުއިއްޒު

އާ ސަރުކާރުގެ އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބަވާނީ އަންހެނުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. “ނޫސްވެރިންގެ ގުންޒަރު” ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި އެއް ކަމަކީ ސަރުކާރުގެ ތެރޭގައި އަންހެނުންގެ ހިއްސާ ބޮޑު ކުރާނެ ވާހަކަ ކަމަށެވެ. އެގޮތުން މިފަހަރު ދައުލަތު މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް ވަޑައިގަންނަވާނީ އަންހެ...

އަޅުގަނޑުގެ ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރާނަން: އަސްލަމް
Parliament

އަޅުގަނޑުގެ ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރާނަން: އަސްލަމް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ބާކީ މިއޮތް މުއްދަތަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށް އެމަނިކުފާނުގެ ގާބިލިއްޔަތާއި ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަސްލަމް މަޖިލިހުގެ ރަ...

50 މެމްބަރުންގެ ސޮޔާއެކު މަޖިލިހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން ހުށަހަޅައިފި
Parliament

50 މެމްބަރުންގެ ސޮޔާއެކު މަޖިލިހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ. އީވާގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ 50 މެމްބަރުންގެ ސޮޔާއެކުގައެވެ. އެއީ އެމްޑީޕީގެ 49 މެމްބަރުންނާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މަޖިލިހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީގެ ފަރާތުން މެމްބަރު ކަމަށް ވާދަކުރެއްވި ކެންޑ...

އެމްޑީޕީގެ މެމްބަރުން ކުޑަދޮށުގައި، ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށިފައި
Parliament

އެމްޑީޕީގެ މެމްބަރުން ކުޑަދޮށުގައި، ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށިފައި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް ތާވަލް ކުރި މަޖިލިހުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން މެދުކަނޑާލަން ޖެހިއްޖެއެވެ. ދައުލަތުގެ ބަޖެޖާއި ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމަށް މިއަދު 9:00 ގައި ފަށަން އޮތް މަޖިލިސް ކޯރަމް ހަމަނުވެގެން ރަނގަބީލު ވެސް ޖެހިއެވެ. އެކަމަކު، މަޖިލިހުގެ ތަޅުމަށް މެމްބަރުން ވަޑައިނުގެންނެވުމުގެ ސަބަބުން ޖަލްސާ ފެށޭ ގޮތް އަދިވެސް ނުވެއެވެ. ބަޖެޓު ހުށަހަޅަން މިއަދަށް ޖަލްސާއެއް ތާވަލް ކ...

އޭޖީ ވިދާޅުވަނީ ނަޝީދު ވަކިކުރާ ގަރާރު ބޭރުކޮށްލީ ގަވައިދާ ހިލާފަށް ކަމަށް!
Raajje

އޭޖީ ވިދާޅުވަނީ ނަޝީދު ވަކިކުރާ ގަރާރު ބޭރުކޮށްލީ ގަވައިދާ ހިލާފަށް ކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމަށް ނިންމައި މަޖިލިހަށް ހުށަހެޅި ގަރާރު ބޭރުކުރުމަށް ރިޔާސަތުން ނިންމީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ އިއްޔެގެ ޖަލްސާ އަށް ގަރާރުގެ މައްސަލަ އެޖެންޑާ ކުރިއިރު، އެ ގަރާރަކީ ގަވައިދާ ހިލާފު ގަރާރެއް ކަމަށް ބުނެ ވަނީ ބޭރުކޮށްލައިފައެވެ. ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެގޮތަށް ނިންމަވައި މަޖިލިސް ނިންމާލެއްވީ އަމ...

އެއާޕޯޓު ޓާމިނަލްގެ ނިމުނީ ދެބައިކުޅަ އެއްބައި މަސައްކަތް، ގިނަ ކަންކަން ކުރަން ޖެހޭ: މުއިއްޒު
Raajje

އެއާޕޯޓު ޓާމިނަލްގެ ނިމުނީ ދެބައިކުޅަ އެއްބައި މަސައްކަތް، ގިނަ ކަންކަން ކުރަން ޖެހޭ: މުއިއްޒު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިމުނު އިރު، ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރަމުންދާ ސައިޓަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފައި އޮތް މަސައްކަތް، އެބޭފުޅުންގެ ސްކޯޕްގެ ގާތްގަނޑަކަށް %54 ނިމިފައިވާ ކަމަށެވެ. ބިންލާދިން ގްރޫޕ...

އަމީރު އާލާސްކަންފުޅާ އުޅުއްވާތީ ބަޖެޓު ހުށަހަޅުއްވަން ވަޑައިނުގަންނަވާނެ
Parliament

އަމީރު އާލާސްކަންފުޅާ އުޅުއްވާތީ ބަޖެޓު ހުށަހަޅުއްވަން ވަޑައިނުގަންނަވާނެ

ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް ސިއްހީ ހާލު ހުރި ގޮތުން ވަޑައިގެންނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލިހަށް އަންގަވައިފިއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފިނޭންސް މިނިސްޓަރު އަމީރު ފޮނުއްވި ސިޓީގައި ވިދާޅުވީ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ތާވަލުކޮށްފައިވީ ނަމަވެސް ބަލިހާލަތު ހުރިގޮތުން ހާޒިރުވެވެން ނެތް ކަމަށެވެ. “13 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަ...

ބަޖެޓާއި ނަޝީދުގެ ގަރާރު ހުށަހެޅުމަށް މާދަމާ މަޖިލިހުގެ ދެ ޖަލްސާއެއް ބާއްވަނީ
Parliament

ބަޖެޓާއި ނަޝީދުގެ ގަރާރު ހުށަހެޅުމަށް މާދަމާ މަޖިލިހުގެ ދެ ޖަލްސާއެއް ބާއްވަނީ

ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ވަކި ދެ ޖަލްސާއެއް ބޭއްވުމަށް މަޖިލިހުގެ އިދާރާ އިން ނިންމައިފިއެވެ. މަޖިލިހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މާދަމާގެ ފުރަތަމަ އެޖެންޑާގައިވާ ގޮތުން ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 ގައެވެ. އެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމާއި ސަޕްލިމަންޓަރީ ބަޖެޓް ހ...

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
Parliament

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން، މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ގަރާރު ހުށަހަޅަން ބޭނުންވާ ވަރަށް ސޮއިހަމަކޮށްފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބުނެފިއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރަކު “ތިލަދުން” އަށް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންގެ ސޮއި ބޭނުންވާނެ ކަމަށެވެ. މިހާތަނަށް އައިއިރު، އެ އަދަދު ހަމަކޮށްފައިވާ ކަމަށް ވެސް...

އީވާ އާއި އަފީފް މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ކޮމިޓީން ފާސްކޮށްފި
Parliament

އީވާ އާއި އަފީފް މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލިހަށް ހުށަހެޅި ގަރާރު ބޭރުކޮށްލުމުގައި ބައިވެރިވެވަޑައިގެންފައިވާތީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް އިމްތިޔާޒް ކޮމިޓީން ނިންމައިފިއެވެ. އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމަށް އެގޮތަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަ...

އިންޑިއާ ސިފައިން ބޭލުމަކީ މަގުމަތިން ހާސިލްވާނެ ކަމެއް ނޫން: މުއިއްޒު
Raajje

އިންޑިއާ ސިފައިން ބޭލުމަކީ މަގުމަތިން ހާސިލްވާނެ ކަމެއް ނޫން: މުއިއްޒު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ މަގުމަތިން ހާސިލްވާނެ ކަމެއް ނޫން ކަމަށާއި އެކަން ކުރެވޭނީ އިންޑިއާއާ ވާހަކަ ދައްކައިގެން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގެ “ދިވެހިންގެ ރާއްޖެ” ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އިންޑިއާއާ ވާހަކަ ނުދައްކާ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ ހައްލު ނުވާނެ ކަމަށެވެ. “އަޅުގަނޑު މި މައްސަލަ ކިހިނެއްތޯ ހައްލުކުރާނީ އިންޑ...

ރާއްޖެ އިން ހިފެހެއްޓި އިންޑިއާގެ މަސްވެރިންތައް ދޫކޮށްލައިފި
Raajje

ރާއްޖެ އިން ހިފެހެއްޓި އިންޑިއާގެ މަސްވެރިންތައް ދޫކޮށްލައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އެމްއެންޑީއެފް އިން ހިފެހެއްޓި އިންޑިއާގެ ޓެމިލް ނާޑޫގެ މަސްވެރިން ދޫކޮށްލައިފިއެވެ. އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިންޑިއާގެ އަށް މަސްވެރިން އިންޑިއާ އަށް ފޮނުވާލުމުގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅި ކަމަށެވެ. އެހެންވެ، އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ. މި އަށް މަސްވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި...

އާ ސަރުކާރު ވާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސާފު ސަރުކާރަކަށް: މުއިއްޒު
Raajje

އާ ސަރުކާރު ވާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސާފު ސަރުކާރަކަށް: މުއިއްޒު

އަންނަ ހުކުރު ދުވަހު އެކުލަވާލާ ސަރުކާރު ވެގެން ދާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސާފު ސަރުކާރަކަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގެ “ދިވެހިންގެ ރާއްޖެ” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. ސަރުކާރުގެ ރިކަރެންޓު ހަރަދު ކުޑަކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށ...