ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ބާކީ މިއޮތް މުއްދަތަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށް އެމަނިކުފާނުގެ ގާބިލިއްޔަތާއި ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަސްލަމް މަޖިލިހުގެ ރައީސް ކަމަށް އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނަށް 53 ވޯޓު ލިބިވަޑައިގެންނެވިއެވެ. އަސްލަމް އާ ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

Ad
rt

މަޖިލިހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު، އަސްލަމް ވިދާޅުވީ މަޖިލިސްގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މެމްބަރުންގެ އެއްބާރުލެއްވުމާއި ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ރައްޔިތުންގެ މަސްލަހަތާއި މެމްބަރުންގެ މަސްލަހަތާއި ހައްގުތައް ހިމާޔަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑަށް އިތުބާރު ކުރައްވައި، ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ހޮއްވަވައި ދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ އެންމެހާ އިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލިސްގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މެމްބަރުންގެ އެއްބާރުލެއްވުމާއި ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ރައްޔިތުންގެ މަސްލަހަތާއި މެމްބަރުންގެ މަސްލަހަތާއި ހައްގުތައް ހިމާޔަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާކީ މިއޮތް މުއްދަތަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށް އަޅުގަނޑުގެ ގާބިލިއްޔަތާއި ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން." އަސްލަމް ވިދާޅުވިއެވެ.

ގާނޫނުއަސާސީ ގާނޫނުތަކާއި މަޖިލިހުގެ ގަވައިދުގައި ބަޔާން ކުރާ އުސޫލުތަކުގެ ތެރެއިން މަޖިލިސް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަސްލަމްގެ ވާހަކަފުޅުގައި ވަނީ ނަޝީދު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހަށާ ރާއްޖޭގެ ބަރުލަމާނީ ނިޒާމަށް ކޮށްދެއްވި ބުރަ މަސައްކަތްތަކަށް ފަށްފަށުން ޝުކުރު އަދާކުރައްވައިފައެވެ.