އަލްބަޓް އައިންސްޓައިންގެ އިތުރު ތައާރުފަކަށް ބޭނުން ވާނެހެން ހިޔެއް ނުވެއެވެ. އަސްރާނީ މި ޒަމާނުގައި އުފެދުނު އެންމެ ވަރުގަދަ ތިން ސައިންސުވެރިންގެ ތެރޭގައި ހިމެނޭ، އަދި އޭގެ ތެރެއިން ވެސް އެންމެ ވަރުގަދަ ސަައިންސުވެރިޔޭ ބުނެވިދާނެ އިލްމުވެރިޔާއޭ ބުނުމުން ފުދެއެވެ.
ފޮޓޯއިން ފެންނަ ދެ ނޯޓަކީ އަލްބާޓް އައިންސްޓައިންގެ އަތު ލިއުމެވެ. މަތީގައި އެވާ ނޯޓަކީ 1922 ވަނަ އަހަރު ފިޒިކްސް އިން ނޮބެލް ޕްރައިޒް ލިބުމާއި އެކު އަލްބާޓް އައިންސްޓައިން ޖަޕާންގެ ޓޯކިޔޯގައި އޮތް ލެކްޗަރެއްގައި ބައިވެރިވުމަށް ގޮސް އުޅުމުގެ ތެރޭގައި އޭނާ ހުރި ހޮޓަލުގެ ރޫމްއަށް ޑެލިވެރީއެއް ހިފައިގެން އައި ބެލްބޯއީއަށް ދީފައިވާ ނޯޓެކެވެ.
ޓިޕްގެ ބަދަލުގައި ބެލް ބޯއީއަކަށް އޭނާގެ ސޮޔާއި އެކު ނޯޓެއް ދީފައިވަނީ އޭނާގެ އަތުގައި ޓިޕްސްގެ ގޮތުގައި ބެލްބޯއީއަށް ދޭނެ ފައިސާ ނެތުމުންކަމެއް ނުވަތަ އޭނާގެ ސޮއި ކޮށްފައި ދިނުމުން އެއި އަގުހުރި އެއްޗަކަށް ވެދާނެކަމަށް ބަލާފައިކަމަމެއް ނޭންގެއެވެ. ނަމަވެސް މި ނޯޓު ވަނީ 2017 ވަނަ އަހަރު އޮކްޝަންއެއްގައި 1.56 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ ވިކިފައެވެ. އައިންސްޓައިންގެ ނޯޓުގައި ލިޔެފައިވަނީ އުފާވެރިކަމާއި ބެހޭ ގޮތުންނެވެ.
“A calm and modest life brings more happiness than the pursuit of success combined with constant restlessness,”
"ކާމިޔާބީގެ ފަހަތުން ދުވެ، އޭގެ ސަބަބުން އަރާމެއް ނެތް ދިރިއުޅުމެއް އުޅުމަށް ވުރެ، ހަމަހިމޭން އަދި ހިތްތިރި ދިރިއުޅުމަކުން ލިބޭ އުފާ މާ ބޮޑު ވާނެ"
އޭނާގެ ނޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދެން ފޮޓޯއިން ފެންނަން އޮތް ނޯޓުވެސް ވަނީ ބޮޑު އަގުގައި ވިކިފަ އެވެ. އެ ނޯޓު ވިކިފައިވަނީ 240،000 އެމެރިކާ ޑޮލަރަށެވެ. އެ ނޯޓުގައި އައިންސްޓައިން ލިޔެފައިވަނީ "ވެއާ ދެއާ އިޒް އަ ވިލް، ދެއާ އިޒް އަ ވޭ" މިހެންނެވެ.
މީގައި އޭނާ ބުނެފައި އެވަނީ ކަމެއް ކުރަން އަޒުމު ކަނޑައަޅައިފި ނަމަ އެމީހަކަށް އެކަން ކުރުމަށް ދޮރުތައް ހުޅުވޭނެ ވާހަކައެވެ. ނުވަތަ ކަމެއް ކުރަން ގަސްތުކޮށްފި ނަމަ، ކޮންމެ ކަމެއްވެސް ކުރެވޭނެ ކަމަށެވެ.
އެނޯޓުތައް ގަތް ފަރާތްތަކުގެ ނަން ހާމަކޮށްފައި ނުވާ އިރު، އެނޯޓުތައް ވިއްކާފައި ވަނީ އައިންސްޓައިން ނޯޓުތައް ލިޔެދިން މީހާއަށް ބޮޑު ބޭބެ ކިޔާ މީހެކެވެ.
އުފާވެރި ދިރިއުޅުމެއްގެ ސިއްރަކީ ކޮބައިކަމާ ބެހޭ ގޮތުން މަޝްހޫރު ތިއޮރެޓިކަލް ފިޒިސިސްޓް އަލްބަޓް އައިންސްޓައިންގެ ބަސްކޮޅަކީ ދިރިއުޅުމުގެ އެކިކަންކަމުގައިވެސް ބޭނުން ހިފޭނެ އަގު ހުރި ދެ ބަސްކޮޅު ނޫންތޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!