ހދ. ނޮޅިވަރަމްގައި އެރަށުގެ އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ނޮޅިވަރަމް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، އެރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މިދިޔަ ނޮވެމްބަރު 25 އިން 30 އަށް، ނޮޅިވަރަމް ޒުވާނުންގެ ގުޅުމުގެ އިދާރާގައި ކުރިއަށްދިޔަ މި ޕްރޮގްރާމް ނޮޅިވަރަމްގެ 31 އަންހެނަކު ވަނީ ފުރިހަމަ ކޮށްފައެވެ.
މި ޕްްރޮގްރާމްގައި ދަސްކޮށްދިން ކަންކަމުގެ ތެރޭގައި އޮޓޯ ސްވިޗް ރަނގަޅު ކުރުމާއި، ޓޮޕް ގުޅުމާއި، ހޯލްޑަރު ގުޅުމާއި، ސޮކެޓް ގުޅުމާއި، ސްވިޗް މެދުވެރިކޮށް ބޮކި ދިއްލުމާއި، ކެޕޭސިޓަރު ބަދަލުކުރުމާއި އަދި ރެގިއުލޭޓަރ ބަދަލުކުރުން ހިމެނެއެވެ.

މީގެއިތުރުން ސާކެޓް ވެއްކޭ ހާލަތްތަކުގައި ކަންކުރާނެ ގޮތާއި، ކަރަންޓްގައި ޖެހިއްޖެނަމަ ކަންކުރާނެ ގޮތްތައް ވެސް ކިޔައިދީ، މައުލޫމާތު ފޯރުކޮށްދީފަވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދީފައި ވަނީ ނޮޅިވަރަމް ޒުވާނުންގެ ގުޅުމުގެ ދެ މެންބަރުންކަމަށްވާ ޔޫސުފް އަބުދުދުލްކަރީމާއި، ޢަބުދުﷲ ޝަރީފްގެ އިރުޝާދުގެ ދަށުންކަމަށް ނޮޅިވަރަމް ކައުންސިލުން މައުލޫމާތު ދެއްވައެވެ.
އެ ކައުންސިލުން ވަނީ މިކަމަށް އެއްބާރުލުން ދެއްވި ފަރާތްތަކަށާއި، ޕްރޮގްރާމްގެ ބައިވެރިންނަށް ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!